ބޭނުންވާނެ ތަކެތި:

  • 300 ގްރާމް ހަކުރު
  • 200 ގްރާމް އަލްމަންޑްސް
  • 1 ލީޓަރު ދިޔާ ކިރު
  • 1/2 ޖޯޑު ފެން
  • 2 މޭޒުމަތީ އިސްބަގުލޫ
  • ސޯޑާ ވޯޓާ

ތައްޔާރުކުރާނެ ގޮތް:

އެންމެ ފުރަތަމަ ހަކުރާ އަލްމަންޑްސް އާއި ކިރު މިކްސްޗަރަކަށް އެޅުމަށް ފަހު ފުރާނާލާށެވެ. އެއަށް ފަހު ތައްޓަކަށް އެޅުމަށް ފަހު ބަހައްޓާށެވެ.

އިސްބަގުލޫ ކޮޅު 15 މިނެޓް ވަންދެން ފެނަށް އަޅާފައި ބަހައްޓާށެވެ.

އެއަށް ފަހު ޖަގެއްގައި މިކްސްކުރި ކިރާއި އަލްމަންޑްސް އަދި ހަކުރު އެއްޗާއި އިސްބަގުލް އާއި ސޯޑާ ވޯޓާ އެޅުމަށް ފަހު ރަނގަޅަށް ގިރާލާށެވެ. އޭރުން ބަދާމް ދޫދު ސޯޑާ ތައްޔާރުވީއެވެ.