ބޮލީވުޑުގެ ކުރީގެ މަޝްހޫރު ތަރި، ޖީތެންދްރާ އާ ދެކޮޅަށް ޖިންސީ ފުރައްސާރައިގެ މައްސަލައެއް ބަލަން ފަށައިފިއެވެ. މި މައްސަލަ ބަލަން ފަށާފައިވަނީ އިންޑިޔާގެ ޝިމްލާގެ ފުލުހުންނެވެ.

އެޤައުމުގެ ނޫސްތަކުން ބުނެފައިވާ ގޮތުގައި ޖީތެންދްރާއާ ދެކޮޅަށް މި މައްސަލަ ހުށަހަޅާފައިވަނީ އޭނާގެ ދެބެންގެ ދެދަރި އަންހެނެކެވެ. މީގެ 47 އަހަރުކުރިން މި އަންހެން މީހާއަށް، ޖިންސީ ގޮތުން އޭނާ ފުރައްސާރަކޮށްފައިވަނީ ޝިމްލާގެ ހޮޓަލެއްގައި ޖީތެންދްރާ ހުރިއިރު، އެތަނުގައިކަމަށްވެސް އެނޫސްތަކުން ބުނެފައިވެއެވެ.

ޝިމްލާގެ ފުލުހުންނާ ހަވާލާދީ ނޫސްތަކުން ބުނެފައިވަނީ އެއަންހެން މީހާ ފުލުހުންނަށް މައްސަލަ ހުށަހަޅާފައިވަނީ އީމެއިލް މެދުވެރިކޮށެވެ. އަދި، އީމެއިލް ފޮނުވުމުން އަންހެން މީހާ ހޯދާ، މައްސަލައިގެ ތަޙުޤީޤު ފެށީކަމަށްވެސް ބުނެފައިވެއެވެ.

މައްސަލަ ހުށަހެޅި އަންހެން މީހާގެ ބަޔާން، މެޖިސްޓްރޭޓުގެ ކުރިމަތީގައި ދިނުމަށް ތައްޔާރުވަމުންދާއިރު، މައްސަލަ ސާބިތުކުރުމަށް ބޭނުންވާ ބައެއް ހެކިތައްވެސް އަންހެން މީހާގެ އަތުގައި ހުރިކަމަށްމަތީގައި ދިނުމަށް ތައްޔާރުވަމުންދާއިރު، މައްސަލަ ސާބިތުކުރުމަށް ބޭނުންވާ ބައ ބުނެފައިވާކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

މީގެއިތުރުންވެސް، މައުލޫމާތު ލިބިފައިވާ ގޮތުގައި މި މައްސަލަ ތަޙުޤީޤު ކުރަނީ މިކަން ހިނގި ދުވަސްވަރު ހުރި ޤާނޫނުތަކަށް ރިއާޔަތްކޮށްގެންނެވެ.

 

ކިޔުންތެރިންގެ ހިޔާލު