މި އަހަރުގެ އޮކްޓޫބަރު މަހުގެ ފަސްވަނަ ދުވަހު ރިލީޒް ކުރުމަށް ހަމަޖެހިފައިވާ އެކްޓަރު ސަލްމާން ޚާންގެ ޅިޔަނު އާޔުޝް ޝަރުމާ ފެނިގެންދާ ފިލްމު "ލަވްރާތުރީ" ގެ ނަން ބަދަލު ކޮށްފިކަމަށް ސަލްމާން ބުނެފިއެވެ.
"ލަވްރާތުރީ" ބަދަލުގައި މިހާރު އެ ފިލްމަށް ކިޔަނީ "ލަވްޔާތުރީ" އެވެ.
މިއީ ސަލްމާން ޕްރޮޑިއުސްކުރާ އަދި އަބީރާޖް މިނަވާލާ ޑައިރެކްޓްކުރާ ފިލްމެކެވެ.
ސަލްމާން މިހެން ބުނެ، އިންސްޓަގްރާމްގައި ޕޯސްޓެއް ކޮށްފައިވާއިރު، މީޑިއާތަކަށް ދިން އިންޓަވިއުއެއްގައި އޭނާ ބުނެފައިވަނީ ފިލްމުގެ ނަން ބަދަލު ކުރަން ޖެހުނީ ކުރިން ފިލްމަށް ކީ ނަން ފާސްނުވެގެން ކަމަށެވެ.
"ބައެއް މީހުންނަށް މި ނަން މައްސަލަ އަކަށްވަނީ. އަހަރެން ނުދެކެން މި ނަން ބަދަލު ކުރަން ޖެހޭ ސަބަބެއް އޮތް ކަމަކަށް. އެއީ ހަމަ ފިލްމުގައި ލޯބި ދައްކުވައިދޭތީ އެކަމާއިވެސް ގުޅުވާލާފަ ނަން ކިޔާފައި އިންނާނީ. އެކަމަކު ދެން އިތުރަށް މައްސަލަ ބޮޑު ނުކޮށް ނަން ބަދަލުކޮށްފަ އެއިނީ" ސަލްމާން ދިން އިންޓަވިއުގައި ބުނެފައިވެއެވެ.
އަދި އެއީ ސްޕެލިން މިސްޓޭކެއް ނޫންކަމަށްވެސް އޭނާގެ ޕޯސްޓްގައިވެއެވެ.
https://www.instagram.com/p/Bn333wtHXTF/?utm_source=ig_embed
ސަލްމާން ވަނީ މި ފިލްމުގެ ނަން ބަދަލުވެފައިވުމާއެކު، އިއު ނަން ފެންނަ ގޮތަށް އިން ފިލްމު ޕޯސްޓަރެއްވެސް އާންމުކޮށްފައެވެ.
ބީރައްޓެހި އަންހެން ކުއްޖަކު ރަށަށް އަންނަ ހިސާބުން ހިނގާ ތަގާތު ހާދިސާތައް ދައްކުވައިދޭ މި ފިލްމަކީ އާޔުޝް އާއި ވަރީނާ ހަސަންވެސް ބޮލީވުޑަށް ތައާރަފުވާ ފުރަތަމަ ފިލްމެވެ.
"ލަވްޔާތުރީ" ގެ ޓްރެއިލާ މިހާރު އާންމުވެފައިވާއިރު، ބެލުންތެރިންގެ ބޮޑު ތަރުހީބެއް ފިލްމަށާއި އާޔުޝް އަށް އަންނަނީ ލިބެމުންނެވެ.