އާއްމުކޮށް ކާރަކަށް އެރުވެނީ ފަސް ވަރަކަށް މީހުންނަށެވެ. އިތުރަށް އަރުވައިފިނަމަ މައްސަލަވެސް ޖެހެއެވެ. ބައެއް ގައުމުތަކުގައި އެއީ ކުށެއްވެސް މެއެވެ. އެހެން ނަމަވެސް މީހަކު މި ވަނީ ކާރަކަށް 18 މީހުން އަރުވައި ރެކޯޑެއް ހަދާފައެވެ.

ޑޮމިނިކް ރިޕަބްލިކްއަށް ނިސްބަތްވާ އެ މީހާ ހުއްޓުވާފައި ވަނީ އެ ވަގުތު މަގުމަތީގައި ހަރަކާތްތެރިވި ސިފައިންގެ މީހެކެވެ. އޭނާ އެ ކާރު ހުއްޓުވާ ބެލިބެލުމުން ލިބުނީ ބޮޑު ހައިރާން ކަމެކެވެ. އެ ކާރުގައި 18 މީހުން އެބަތިއްބެވެ. ދެން އުފެދޭނެ ސުވާލަކީ އެ ކާރަށް އެ ހުރިހާ މީހުން އެރޭނީ ކިހިނަކުންތޯއެވެ؟

އޭނާ ހެދީ ވަަރަށް މޮޅު އެއްޗެކެވެ. އޭގެ ތެރެއިން ފަސް މީހަކު ވެއްދީ ކާރުގެ ސްޓޯރޭޖް ތެރެއަށެވެ. އެ ކާރު ހުއްޓުވާ އެ މީހުން ނެރުނު އިރު، އެ ސިފައިންގެ މީހާ ހުރީ ބޮޑު ހައިރާންކަމެއްގެ ތެރޭގައިކަން އޭނާގެ މޫނަށް ބަލާލުމުންވެސް އެނގެއެވެ.

އޭނާ ހުރީ ކާރުން ނުކުންނަމުންދިޔަ އެންމެން ގުނަމުގައެވެ. މިިއީ އާއްމުކޮށް ދިމާވާނެ ކަމެއް ނޫނެވެ. ވަރަށް މަދުން ނޫނީ ދިމާނުވާނެ ކަމެއް ކަމަކަށް އެކަންވިއިރު، އެ މަންޒަރު ފެންނަ ވީޑިއޯ މީސް މީޑިއާގައި ދަނީ ދައުރުވަމުންނެވެ. އަދި އެތައް ބައެއްގެ ސަމާލުމަކަށް އެ ހާދިސާ ވަނީ އައިސްފައެވެ.

މި ހާދިސާ އާއި ގުޅިގެން ކާރު ދުއްވަން އިން މީހާއަށް ނުވަތަ ކާރުގައި ހުރި މީހަކާއި މެދު ފިޔަވަޅު އެޅިކަމެއް އޮފިޝަލުން ހާމަކޮށްފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޑޮންޑޮން

    ޑޮމިނިކަން ރިޕިބްލިކް

  2. ބަފާ

    ޔޫސޭގެ ޑްރާމާއެއްގަ 20 ވަރަކަށްމީހުން އަރުވައިގެން ޒޫ ބަލަން ދިޔަމަންޒަރެއްފެނުނު!

  3. ހސ

    އަޅެފަހެ އެއީދެން އެންމެ އަށާރަ އެއްނުު ????????????