ދެބަސްވުމެއްގެ ތެރެއިން ހިނގި ހަމަނުޖެހުމެއްގައި ތައިލޭންޑުގެ ޕަޓާޔާ ސިޓީގައި އަންހެނަކު އިންޑިއާ މީހަކަށް ޙަމަލާދީ އޭނާއަށް "ހޭއަރުވާލައިފި" އެވެ.

ރޭ ދަންވަރުގެ ވަގުތެއްގައި ހިނގި މި ހާދިސާގެ މަންޒަރު ފެންނަ ފޮޓޯތަކާއި ވީޑިއޯތައް މިހާރު މީސްމީޑިއާގައި ދައުރުވަމުންދާއިރު، އަނިޔާވި އުމުރުން 30 އަހަރުގެ ޝަޝަންކް އަގަރްވާލް ނަމަކަށްކިޔާ މީހާއަކީ ތައިލޭންޑަށް އޭނާގެ ރަހުމަތްތެރީންނާއި އެކު ޗުއްޓީ ހޭދަކޮށްލަން ގޮސް އުޅުނު މީހެކެވެ.

ޕަޓާޔާ ސިޓީގެ "ވޯކިންގ ސްޓްރީޓު"ގައި ރޭ ދަންވަރު މި ހާދިސާ ހިނގި ވަގުތު ޝަންޝަކް އާއި އޭނާގެ ރަހުމަތްތެރީން ތިބީ މަސްތުވެގެންނެވެ. އެމީހުން ބުނެފައިވަނީ، އެ ހާދިސާ ހިނގީ ރެސްޓޯރެންޓަކުން ނިކުމެ ގެއަށް ދިޔަ މަގުމަތީގައި، މަގުމަތިން ޝަޝަންކާއި ދިމާވި އުމުރުން 38 އަހަރުގެ ޕަފައެކް ނަމަކަށްކިޔާ އެ އަންހެން މީހާއާއި ވާހަކަ ދައްކަމުން ދަނިކޮށް ދެބަސްވެ ހިނގި ޒުވާބަކަށްފަހު ކަމަށެވެ.

ހަށިވިއްކާ ޕަފައެކް އާއި ޝަޝަންކާއި ދެމެދު ހަމަނުޖެހުން ހިނގީ، ޕަފައެކް ދެމުންދާ ކަމަށްބުނާ ޚިދުމަތެއްގެ އަގާއި މެދު ހިތްހަމަނުޖެހިގެން ހިނގި ޒުވާބެއްގެ ތެރެއިން ކަމަށް އެވަގުތު އެތަނުގައި ތިބި ބަޔަކު ނޫސްތަކުގައި ބުނެފައި ވެއެވެ. ނަމަވެސް މި ހާދިސާ އާއި ގުޅިގެން ޕަފައެކް ބުނެފައިވަނީ، ޝަޝަންކަށް ހަމަލާ ދިނީ، އޭނާގެ އަތުގައި ހިފައިގެން ގަދަކަމުން އެމީހުން އުޅޭ ހޮޓަލަށް ގެންދާން އުޅުމުން ކަމަށެވެ.

މި ހާދިސާގައި ޕަފައެކް ވަނީ ޝަޝަންކުގެ މޫނުގެ އެކި ތަންތަނުގައި ދަތްއަޅައި ވަރަށް ބޮޑަށް ޒަޚަމްކޮށްލާފައެވެ. މިހާރު ދައުރުވަމުންދާ ވީޑިއޯތަކުން ފެންނަގޮތުގައި އެ ހާދިސާއަށްފަހު ޝަޝަންކަށް ޕެރަމެޑިކުން ފަރުވާދެމުން ދިޔައިރު ގިނަ ޢަދަދަކަށް އޭނާގެ މޫނުމަތިންނާއި އަނގައިން ދިޔައީ ލޭ ފައިބަމުންނެވެ.

މި ހާދިސާ އާއި ގުޅިގެން އޭނާއަށް ފަހުން ހޮސްޕިޓަލުގައިވެސް ފަރުވާ ދީފައިވާއިރު، މައްސަލައިގެން ތަހުޤީޤަށް ޕަފައެކް ވަނީ ހައްޔަރުކޮށްފައި ކަމަށް ޕަޓާޔާގެ އޮފިޝަލުންނާއި ޙަވާލާދީ ނޫސްތަކުގައި ބުނެފައި ވެއެވެ.

ޝަޝަކް އަށް ހަމަލާދިން ޕަފައެކް

ތައިލޭންޑުގައި ހަށިވިއްކުމަކީ ޤާނޫނުން މަނާކޮށްފައި އޮންނަ ކަމަކަށް ވީނަމަވެސް، އެކި ނަންނަމުގައި ހަދާފައިވާ ޕާލާތަކާއި އެނޫންވެސް ތަންތަނުގައި ފުޅާ ދާއިރާއެއްގައި ހަށިވިއްކުމަކީ އެޤައުމުގައި ޢާންމުކޮށް ކުރަމުންދާ ކަމެކެވެ. މީގެ ކުރިންވެސް މިފަދަ ވިޔަފާރިތަކުގެ ތެރެއިން އުފެދޭ ދެބަސްވުންތަކުގައި އެޤައުމަށް ދަތުރުކުރާ ފަތުރުވެރިންނާއި ހަށިވިއްކާ މީހުންނާއި ދެމެދު ހަމަނުޖެހުން ހިނގާފައި އެބަހުއްޓެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. Anonymous

    މިގައުމުގައިވެސް ހާލަކީ މިއީ

  2. ކާފަދ

    ތީނަ ކައިރިއަކަށް ދެން ނުދާނަން