ދިރިއުޅުމުގެ ކަންކަން ހުންނަ ގޮތުން ރޭގަނޑު ވަރަށް ދަންވަންދެން ވެސް ހޭލާ ހުންނަން ޖެހެއެވެ. ވަޒީފާގެ ގޮތުންނާއި އާންމު ދިރިއުޅުމުގައި ދިމާވާ ކަންކަމުގެ ސަބަބުން ލަސްވަން ދެން ހޭލާ ހުންނަން ޖެހޭއިރު އެކަމަކީ ސިއްހީ ގޮތުން ރައްކާތެރި ގޮތެއް ނޫނެވެ. އަދި އެއީ އެކަމެއްގެ ސަބަބުން ހީވެސް ނުކުރާފަދަ ގެއްލުންތަކެއް ތިމާއަށް ކުރިމަތިވެދާނެ ކަމެކެވެ. އެގޮތުން މާ ލަސްވަންދެން ހޭލާ ހުރުމުން ލިބިދާނެ ބައެއް ގެއްލުންތަށް ތިރީގައި އެވަނީއެވެ.

ސިކުނޑިއަށް ގެއްލުން ލިބުން

ދަންވަރު ހޭލާ ތިބޭ މީހުންގެ ސިކުނޑީގެ “ވައިޓް މެޓަރ” އެހެން މީހުންނާ އަޅާ ބަލާ އިރު މަދެވެ. ވައިޓް މޭޓަރއަކީ ސިކުނޑީގެ ނިއުރޯންސް ގުޅުވައިދޭ ބައެވެ. މިބައި މަދުވުމުން ސިކުނޑިން ކުރާ މުޢާސަލާތްތައް ހަށިގަނޑަށް ލިބުމުގައި ހީނަރުކަމެއް އާދެއެވެ. އަދި މީގެ އިތުރުން މިކަން ޑިޕްރެޝަނާ ގުޅިފައިވެއެވެ. ޑިޕްރެޝަންއަކީ މުސްތަގުބަލުގައި އެކަމެއްގެ ސަބަބުން އެންމެ ގިނަ މީހުން މަރުވާނެ ސަބަބުކަމުގައި ސައިންސްވެރިން ބުނެފައިވާ ސަބަބެވެ.

ރޭގަނޑު ހޭލާ ހުރުމުން މިހާގެ ދިފާއީ ނިޒާމުގެ ބާރު ދެރަވެއެވެ.

ދިފާއީ ނިޒާމާއި ނިންޖަކީ ގުޅިލާމެހިފައިވާ ދެ އެއްޗެވެ. އެހެނީ ނިދާ ވަގުތުތައް ޤުދުރަތީ ގޮތުން ކަނޑައެޅިފައި ވާއިރު، އަހަރެމެންގެ ހަށިގަނޑު މަސައްކަތް ކުރަނީ އެއާ އެއް ގޮތަށް ކަމަށް ވުމާއި ނިދުމުގެ ޤުދުރަތީ ސައިކަލް ބިނާވެފައިވަނީ އަލި ހުންނަ މިންވަރުގެ މައްޗަށް ކަމަށް ވުމުންނެވެ. އަދި ދުނިޔޭގެ ހުރިހާ ކަންކޮޅެއްގައިވެސް ރޭގަނޑު ގަޑި ހާއްސަވެފައިވަނީ ނިދުމަށެވެ. އަދި ދުވާލު ގަޑި މަސައްކަތްކުރުމަށެވެ. ޤުދުރަތީގޮތުން ކަނޑައަޅާފައިވާ ގޮތާ ހިލާފުވެ، ނިދަން ޖެހޭ ވަގުތު ނުނިދުމުން ބަލިތަކުން ދިފާއުކޮށްދޭ ސެލްސް ގެ ބަދަލުގައި ބަލި އިތުރަށް ގޯސް ކޮށްދޭ ސެލްސް (ޕޮރޯ އިންފްލެމަޓަރީ އިމިޔުން ސެލްސް) އުފެދޭލެއް ގިނަވެ ތަފާތު ބަލިތަކަށް މަގުފަހިކުރުވައެވެ.

“މެލަޓޮނިން” އުފައްދާ އުފެއްދުމަށް ނޭދެވޭ އަސަރު ކުރުން

މެލަޓޮނިން އަކީ މީހާގެ ހަށިގަނޑުގައި އުފެދޭ ހޯމޯންއެކެވެ. ރޭގަނޑު ހޭލާހުރުމުގެ ސަބަބުން އެ އުފައްދާލެއް ދަށްވެއެެވެ. އެއާ ވިދިގެން އެހެން ހޯމޯންގެ މަސައްކަތްތަކަށް ވެސް ނޭދެވޭ އަސަރު ކުރަން ފަށައެވެ.

މީގެ އިތުރުން ލަސްވަންދެން ހޭދާ ހުރުމުގެ ސަބަބުން ކެއުމުގެ އާދަތަކަށް ބަދަލު އައިސް ހަކުރުބަލި ފަަދަ ބަލިތަށް ޖެހުމުގެ ފުރުސަތު ބޮޑުކޮށްދެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އެން

    ތޭންކްސް. އަދި ފަތިސް ނަމާދު ނުކުރެވޭ މީހަކަށް ހެދުމައް ޝައިތާނުން އެންމެ ބޮޑަށް ބަލާނީ ނުނިދާ ލަސްވަންދެން ހުރޭތޯ

  2. Anonymous

    މޮޔަތަ