އަޅުގަނޑުމެންގެ ތެރެއިން ގިނަ މީހުންނަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ ދަސްކުރާ އެއްޗެއް މާ ގިނަ އިރުވަންދެން ނުވަތަ މާގިނަ ދުވަސް ވަންދެން ހަނދާނުގައި ނުހުރެ، ހަނދާނުން ކައްސާލާތީއެވެ. ހާއްސަކޮށް ކިޔަވާކުދިންނަށް މިފަދަ ކަންކަން ކުރިމަތިވުމުގެ ފުރުސަތު ބޮޑެވެ. ހަނދާން ގަދަ ވުމަކީ ތިމާގެ ދިރިއުޅުމުގެ އާދަތަކާއި ވަރަށްވެސް ބޮޑަށް ގުޅި ލާމެހިފައިވާ ކަމެކެވެ. އެހެނީ ތިމާ ކުރާ ބައެއް ކަންކަމުގެ ސަބަބުން ހަނދާނުގައި ކަންކަން ހަރުލާލެއް ފަސޭހަވެ ވިސްނުން ތޫނުވުމަށް މަގުފަހިވާތީއެވެ.

ސައިންސްވެރިންގެ ނަޒަރުގައި ރާޒުވާ އާއި އަރަތް ފަދަ ގޭމުތަށް ކުޅުމަކީ ވިސްނުން ތޫނުކުރުމަށް ކުރުން ބުއްދިވެރި ކަމެކެވެ. އެހެނީ މިފަދަ ގޭމްތަކުގެ ސަބަބުން ސިނކުޑި މަސައްކަތް ކުރާ ރޭޓް ޑަބަލްވާތީއެވެ. އަދި ކޮންމެ ދުވަހަކު 25 މިނެޓު މިފަދަ ގޭމެއް ކުޅުމުން އައި.ކިއޫ 4 ޕޮއިންޓް މައްޗަށް ޖެހެއެވެ. މީގެ އިތުރުން ސްކްރެބްލް ފަދަ ގިނަ މީހުންނަށް ބައިވެރިވެވޭ ކުޅިވަރުތަށް ކުޅުމަށްވެސް ހާއްސަ އިސްކަމެއް ދިނުން މުހިންމެވެ.

ވީޑިއޯ ގޭމު ކުޅުމަކީ ވެސް ވިސްނުން ތޫނުވާ ކަމެއް ކަމަށް ސައިންސްވެރިން އިއްތިފާގުވެއެވެ. އެގޮތުން ވީޑިއޯ ގޭމްކުޅުމުން ލޮލުން ފެނި ހައްލު ކުރަން ޖެހޭ ކަންތައްތަށް ކުރެވޭ މިންވަރު އަވަސްވެއެވެ. އަދި މީގެ އިތުރުން ކާޑިއޯ ކަސްރަތަކީ ވެސް ވިސްނުން ތޫނުކުރަން ބޭނުން ނަަމަ ކުރުން އެދެވިގެންވާ ކަމެކެވެ. އެހެނީ އެކަމުގެ ސަބަބުން ވަރބަލް އިންޓެލިޖަންސް 50 އިންސައްތައަށް މަތިވާތީއެވެ.

އަދި ވިސްނުން ތޫނުކުރަން ބޭނުން ނަމަ ދުޅަހެޔޮ މޭވާއާއި ތަރުކާރީ ކެއުމަށް އިސްކަންދޭން ޖެހޭނެއެވެ. އެގޮތުން ފެހިކަން ގަދަ ތަރުކާރީއާއި މޭވާ ކެއުމަށް ހާއްސަ އިސްކަމެއްދިނުން މުހިންމެވެ.