ސަންފްލާވާ އޮށަކީ އާންމުކޮށް ގުރާ ފަދަ ދޫނިތަކަށް ކާންދިނުމަށް ބޭނުންކޮށް އުޅޭ އެއްޗެކެވެ. ވަރަށްވެސް މަދު ފަހަރެއްގައި ނޫނީ އިންސާނުން އެ އޮށުގެ ބޭނުމެއް ނުކުރެއެވެ. ނަމަވެސް ސައިންސްވެރިންގެ ނަޒަރުގައި ސަންފްލާވާ އޮށަކީ ކޮންމެ ދުވަހެއްގެ ކެއުމުގައިވެސް ކޮންމެހެން ހިމެނުން މުހިންމު އެއްޗެކެވެ. އެހެނީ އޭގެއިން އާދަޔާ ހިލާފު ފައިދާތަކުގެ ސަބަބުންނެވެ.
ފުރަތަމަ ކަމަކަށް ސަންފްލާވާ އޮށުގައި އެކުލެވޭ މެގްނީސިއަމްގެ މާއްދާތަކުގެ ސަބަބުން ލޭ މަށްޗަށް ދިޔުމާއި މައިގްރޭންގެ އިތުރުން ބޮލުގައި ރިހުން ފަދަ ކަންކަން ރަނގަޅުކޮށްދެއެވެ. އަދި މީގެ އިތުރުން ދަތްތަކާއި ކަށިތަށްވެސް ވަރުގަދަކޮށްދެއެވެ. އެގޮތުން ސަންފްލާވާ އޮށުގެ ސަބަބުން ކަށިތަށް ފީވުމުން ދުރުކޮށްދީ ދަތްތަކުގެ ހެދިބޮޑުވުމަށް އެހީތެރިވެދެއެވެ.
ވެއްޓޭ ބައްޔަކީ ވަރަށް އާންމު ބައްޔެކެވެ. ދުނިޔޭގެ މަޝްހޫރު ޑޮކްޓަރުންގެ ނަޒަރުގައި ވެއްޓޭ ބަލިން ރައްކާތެރިވުމަށްވެސް ސަންފްލާވާ އޮށް މުހިންމު ދައުރެއް އަދާކުރެއެވެ. އެގޮތުން އޭގައި އެކުލެވޭ ވިޓަމިން އީގެ މާއްދާތަކުގެ ސަބަބުން އޮސްތެއޯތިރިޓިސް އާއި ރިއުމެޓޮއިޑް އަދި އަސްތަމާ ޖެހުމުގެ ފުރުސަތު ކުޑަވެގެންދެއެވެ.
އަދި ސަންފްލާވާ އޮށުގައި ހިމެނޭ ވިޓަމިން އީގެ މާއްދާތަކުގެ ސަބަބުން ހަށިގަނޑުގައި ހަކަތަ އިތުރުވެ ސަރުބީ އަވަހަށް ވިރެން މެދުވެރިވެ އެވެ.
ސަންފްލާވާ އޮށް ސޫޕް ކައްކާއިރު އެއަށް އަޅައިގެން ވެސް ކެވިދާނެ އެވެ. ނުވަތަ ސެލަޑާ އެކު ވެސް ކެވިދާނެ އެވެ. އަދި ސަންފްލާވާ އޮށް ރައްކާކުރުން އެންމެ ރަނގަޅީ އައިސް އަލަމާރީގައެވެ.
އެހެންކަމުން ސަންފްލާވާ އޮށަކީ ކޮންމެ ދުވަހެއްގެ ކެއުމުގައިވެސް ކޮންމެހެން ހިމެނުން މުހިންމު އެއްޗެކެވެ.