ސޮނީ ޓީވީ އިން ގެނެސްދޭ ކްރައިމް އިންވެސްޓިގޭޝަން ޑިޕާޓްމަންޓު (ސީއައިޑީ) ހުއްޓާލަން ނިންމައިފިއެވެ.

1998 ވަނަ އަހަރުން ފެށިގެން ގެނެސްދޭ ދިވެހިންގެ ތެރޭގައި ވެސް ވަރަށް މަގުބޫލު މި ޝޯވގެ ފުރަތަމަ އެޕިސޯޑު ދައްކާފައި ވަނީ 1998 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 21 ވަނަ ދުވަހު އެވެ.

20 އަހަރަށްފަހު މި ޝޯވ ހުއްޓާލަން ނިންމާފައިވާއިރު އަންނަ ހޮނިހިރު ދުވަހު ސީއައިޑީގެ އެންމެ ފަހު އެޕިސޯޑް ދައްކަން ވަނީ ހަމަޖެހިފައެވެ. މިއީ ސީއައިޑީގެ ފޭނުންނަށް ލިބިގެންދާނެ ބޮޑު ހިތާމައެކެވެ.

އިންޑިޔާގެ އެންމެ ގިނަދުވަސްވީ ޓީވީ ޝޯވ ސީއައިޑީގެ ސީރީޒްތައް ނިންމާލަނީ 1546 އެޕިސޯޑު ކާމިޔާބުކަމާ އެކު ގެނެސްދީފަ އެވެ. މި ޝޯވ ވަނީ އެއްވެސް މެދުކެނޑުމެއް ނެތި އެޕިސޯޑެއްގެ 111 މިނެޓު ޝޫޓުކޮށްގެން ދުނިޔޭގެ ރެކޯޑު ފޮތުންވެސް ޖާގަ ހޯދައިފަ އެވެ.

ސީއައިޑީގެ މުހިއްމު ރޯލްތަކުން ފެންނަ އާންމު މޫނުތަކަކީ ސީނިއާ އިންސްޕެކްޓަރު ދަޔާގެ ރޯލް ކުޅޭ ދަޔަނަންދު ޝެޓީ އާއި ސީނިއާ އިންސްޕެކްޓަރު އަބިޖީތުގެ ރޯލް ކުޅޭ އަދިތިޔާ ޝްރިވަސްތާވް އާއި އޭސީޕީ ޕްރަދިއުމަންއެވެ.

2016 ވަނަ އަހަރުވެސް ސީއައީޑީ ދެކުން ހުއްޓާލި ކަމުގެ އަޑު ފެތުރިގެން ދިޔައެވެ. ސީއައިޑީގެ އެޕިސޯޑުތައް ސޮނީ ޓީވީއިން ނުދައްކާތީ، ސީއައީޑީ ފޭނުންގެ މެދުގައި ނުތަނަވަސްކަން އުފެދުނެވެ. އެހެންނަމަވެސް މި ޝޯވ ހުއްޓާނުލައި، ޝޯވ މެދުކަނޑާލާފައިވާކަން ސީއައިޑީގެ ޕްރޮޑަކްޝަން ޓީމާއި ޝޯވގައި އޭސީޕީ ޕްރަދިޔުމަންގެ ރޯލުން ފެނިގެންދާ ޝިވާޖީ ސަތާމްވަނީ ވަނީ ހާމަކޮށްފައެވެ.

ސީއައިޑީ ގެ ފަހު އެޕިސޯޑް މި މަހުގެ 27 ގައި ދެއްކުމަށް ފަހު، ދެން ސޮނީން ގެނެސް ދޭން ނިންމާފައި ވަނީ އެ ޗެނެލްގެ ދުވަސްވީ ބިރުވެރި ޝޯ "އާހަތު" އެވެ.