އެމެރިކާގެ ފްލޮރިޑާގެ ހޮސްޕިޓަލްއަކުން އުމުރުން 51 އަހަރުގެ މީހެއްގެ ކިޑްނީ އޮޅިގެން ނެގި މައްސަލައެއް އެޤައުމުގެ ހެލްތް މިނިސްޓްރީއިން ބަލަން ފަށައިފިއެވެ.

ކެންސަރ ޓިއުމަރެއް ކަމަށް ހީކޮށް މީހެއްގެ ކިޑްނީ ނަގާފައިވަނީ ޑރ ރަމަން ނަމަކަށް ކިޔާ ސާޖަން އެކެވެ. ބުރިކައްޓަށް ތަދުވާތީ ޑޮކްޓަރަށް ދެއްކި އުމުރުން 51 އަހަރުގެ މި މީހާގެ ނަގާފައިވަނީ ޕެލްވިކް ކިޑްނީއެވެ. ޕެލްވިކް ކިޑްނީއަކީ ކިޑްނީ އަސްލު އޮންނަން ޖެހޭ ތަނަށްވުރެ ތިރީގައި އޮތުމުން ކިޔާ ނަމެކެވެ. މިމީހާގެ ޕެލްވިކް ކިޑްނީ ނަގާފައިވަނީ އެއީ ކެންސަރު ޓިއުމަރެއް ކަމަށް ހީކޮށެވެ.

އުމުރުން 51 އަހަރުގެ މި މީހާ މިހާރުވަނީ މިޑޮކްޓަރާއި ދެކޮޅަށް މައްސަލަ ހުށަހަޅާފައެވެ. އެމައްސަލައިގައި ބުނެފައިވަނީ މިކަން ހިނގާފައިވަނީ ޑޮކްޓަރުގެ އިޙްމާލުން ކަމަށެވެ. އަދި އެމްއާރްއައި އެއް ހެދިނަމަ އެއީ ކޮން ގުނަވަނެއްކަން އެނގޭނެ ކަމަށެވެ. އަދި ރަނގަޅަށް މަސައްކަތް ކުރި ގުނަވަނެއް ނަގާ އެކަން ސިއްރު ކުރުމަކީބޮޑު ކުށެއް ކަމަށެވެ.

މިމައްސަލަ ފްލޮރިޑާގެ ހެލްތް މިނިސްޓްރީއިން ބަލަމުން އަންނައިރު، މިމައްސަލަ ޘާބިތު ވެއްޖެނަމަ ބޮޑު ޖޫރިމަނާއެއް ދެއްކުމާއިއެކު ޑޮކްޓަރގެ ލައިސެންސް ބާތިލް ވާނެއެވެ.

ކިޔުންތެރިންގެ ހިޔާލު