ބޮލީވުޑްގެ އެންމެ ގުޅޭ ދެ ޖޯޑުގެ ގޮތުގައި ގިނަ ބަޔަކު ސިފަ ކުރާ ދިޕިކާ ޕަދުކޯން އާއި ރަންވީރު ސިންގ ކައިވެނިކޮށްފިއެވެ.

މި ދެތަރިން ކައިވެނިކޮށްފައި ވަނީ، އިޓަލީގައެވެ. ސައުތު އިންޑިއާގެ ވައްޓަފާޅިއަށް މި ދެތަރިން ކައިވެނިކޮށްފައިވާއިރު، މީސް މީީޑިއާގައި މި ދެތަރިންގެ ކައިވެނީގެ ފޮޓޯތަކެއް އަދި ނެތެވެ.

މި ދެތަރިން ކައިވެނި ކުރިކަމުގައިވިޔަސް، ފޮޓޯތައް ހިއްސާ ނުކުރުމަށް އެ ހަފްލާއަށް ދިޔަ މީހުން ކައިރީގައި އެދިފައިވާކަމަށް ރިޕޯޓްތައް ބުނެއެވެ. އަދި ފޮޓޯއެއް ހިއްސާ ކުރާނަމަ އެ މީހުންގެ ހާއްސަ ހުއްދައެއް ހޯދުމަށް ވަނީ އެދިފައެވެ.

މި ދެތަރިން ދެވަނަ ކައިވެނި ކުރުމަށް ހަމަޖެހިފައި ވަނީ ނޯތް އިންޑިއަން ވައްޓަފާޅިއަށްކަމަށް ރިޕޯޓްތައްް ބުނެއެވެ.

މި ދެތަރިން ކައިވެނި ކުރުމުން އެންމެ ފުރަތަމަ މަރުހަބާ ކިޔާފައި ވަނީ އިންޑިއާގެ މަޝްހޫރު ފިލްމް އުފެއްދުން ތެރިޔާ ކަރަން ޖޯހަރްއެވެ.

މި ދެތަރިން ކައިވެނީގެ ހަފްލާ އިޓަލީގައި ބޭއްވި ނަމަވެސް، އިންޑިއާގައި ވެޑިންގ ދެ ރިސެޕްޝަން ބޭއްވުމަށް ވަނީ ނިންމާފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ހަހުރަ

    އުފާވެރި ޚަބަރެއް!! ދިގު އިންތިޒާރެއްގެ ނިމުން އައިސްފި!! އަލަތު ކައިވެންޏަށާއި އެދެމަފިރިންނަށް ވަރަށް ބޮޑަށް މަރުޙަބާކިޔަން!!