މިހަފްތާ ފެށިގެން އައީ ޓީވީ ސިލްސިލާ "ފްރެންޑްސް" ބަލާ ފަރާތްތަކަށް ހިތާމަވެރި ޚަބަރަކައިގެންނެވެ. އެއީ އޮންލައިން ސްޓްރީމިން ނެޓްވޯކް ނެޓްފްލިކްސްއިން "ފްރެންޑްސް" ގެއްލޭކަމުގެ ވާހަކައެވެ. ނަމަވެސް މިއީ މުޅިން ތެދު ވާހަކަތަކެއް ނޫނެވެ.

އެންބީސީ ސިޓްކޮމްގެ ޗީފް ކޮންޓެންޓް އޮފިސަރ ޓެޑް ޝަރަންޑޮސް ބޭރުގެ މީޑިޔާތަކަށް މަޢުލޫމާތު ދެމުން ބުނެފައިވަނީ، "ފްރެންޑްސް ސީރީޒް މިއަންނަ ޖަނަވަރީ މަހުވެސް ނެޓްފްލިކްސްއިން ފެންނާނެ" ކަމަށެވެ.

މިގޮތަށް ޓެޑް ބުނެފައިވަނީ މިއަންނަ އަހަރުން ފެށިގެން ފްރެންޑްސް ސީރީސް ނެޓްފްލިކްސްއިން ގެއްލޭނެ ކަމަށް ބިޒްނަސް އިންސައިޑަރއިން ރިޕޯޓްކޮށްފައިވަނިކޮށެވެ.

"ފްރެންޑްސް" ނެޓްފްލިކްސްއިން ގެއްލޭނެ ކަމަށް ބައެއް މީޑިޔާތަކުން ރިޕޯޓް ކުރުމާއިއެކު ގިނަ ފަރާތްތަކަކުންވަނީ އެކަމާ ނުރުހުންތެރިކަން ފާޅުކޮށް ޓްވިޓަރގައި ޚިޔާލު ފާޅުކޮށްފައެވެ.

މީގެ 24 އަހަރު ކުރިން ފެށި މަޝްހޫރު "ފްރެންޑްސް" ސީރީޒް، 1994 އަކާއި 2004 އާ ދެމެދު ވަނީ 10 ސީޒަންއެއް ނެރެފައެވެ. އަދި އެއީ މިހާތަނަށް އެންމެ ގިނަ މީހުން ބެލި ސީރީޒްއެވެ. އަދި ދިވެހިންގެ ތެރޭގައިވެސް މިއީ ވަރަށް މަޤްބޫލުކަމެއް ލިބިފައިވާ ސީރީޒްއެކެވެ