އިންޑިއާގެ އުމުރުން 18 އަހަރުގެ ޒުވާނެއް ކަމަށްވާ ޖީތު ޓްރިވެދީ އަކީ ހުރިހާ ގޮތަކުން ވެސް ތަފާތު މީހެކެވެ. ލޮލުގައި އެއްޗެއް އައްސައިގެން ސައިކަލް ދުއްވުމާއި ރާޒުވާ ކުޅުން ފަދަ އެތައް ކަމެއް އޭނާ ކުރަމުން ގެންދަނީ ލޮލުގެ ފެނުން ބޭނުން ނުކޮށެވެ.
ސިކުނޑި ބުނެދޭ ގޮތައް، އޭނާ ކަންތައް ކުރަމުން ގެންދަނީ ގްރޭޑް 9 ގައި އުޅެމުން ހެދި ކޯހަކުން ދަސްވި ކަންކަން ބޭނުން ކޮށްގެންނެވެ. ލޮލަށް ނުފެނު ނަމަވެސް އެކި އެއްޗެހި ސިފަ ކުރާނެ ގޮތެއް އޭނާ ވަނީ ދަސްކޮށްފައެވެ.
ޖީތު މިފަދަ އާދަޔާއި ހިލާފު އެތައް ކަމެއް ދަސްކޮށް އަދި މިހާރު ވެސް އާދަޔާއި ހިލާފު އެތައް ކަމެއް ކުރަމުން ގެންދަނީ ކޯޗެއްގެ ލަފާ ވެސް ހޯދައިގެންނެވެ.
އޭނާ މިހާތަނަށް ވަނީ ދުނިޔޭގެ ހަ ރެކޯޑެއް ވެސް ހަދާފައެވެ.