އިއްޔެ އިން ފެށިގެން މީސް މީޑިއާ މެދުވެރިކޮށް އެކަކު އަނެކަކަށް ކިތަންމެ ވަރަކަށް މީލާދީ އާއަހަރުގެ ތަހުނިޔާ ފޮނުވަމުން ދިޔަ ނަމަވެސް ރައްޔިތުން މަަޖިލީހުގެ ނައިބު ރައީސް ރީކޯ މޫސަ މިއަދު ހެނދުނު ހިޖުރީ އާއަހަރުގެ ތަހުނިޔާ ފޮނުވައިފިއެވެ.
މޫސަ މިއަދު ހެނދުނު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ "ހިޖުރީ އާއަހަރުގެ ތަހުނިޔާ" ފޮނުވާ ކަމަށެވެ. އެޓްވީޓް ކުރިތާ ދެތިން ގަޑިއިރު ފަހުން މިފެށުނީ ހިޖުރީ އާއަހަރެއް ނޫންކަން އެނގިވަޑައިގަތުމުން މޫސަ ވަނީ އިތުރު ޓްވީޓެއް ކުރައްވާފައެވެ.
މޫސަ ފަހުން ކުރެއްވި ޓްވީޓްގައި ވިދާޅުވީ މީލާދީ އާއަހަރުގެ ތަހުނިޔާ ދަންނަވާ ކަމަށެވެ. "މިދެގޮތައް މަރުހަބާ ކީމަވެސް ބުނާނެ އޮޑިޓް ރިޕޯޓްގައި ވާގޮތުން އަދިވެސް ތާރީޚަކީ ފާޑުކިޔާމީހުންގެ އެއްޗެކޭ." މޫސަ ވިދާޅުވިއެވެ.
ނަމަވެސް ދެންމެ މޫސަ ވަނީ ކުރިން ކުރެއްވި ދެޓްވީޓް ޑިލީޓް ކޮށްލުމަށް ފަހު އަލުން މީލާދީ އާއަހަރުގެ ތަހުނިޔާ ފޮނުވާފައެވެ.
މީލާދީ ތާރީޚް ގުނަން މިހާރު ބޭނުންކުރަނީ، ގްރެގޯރިއަން ކަލަންޑަރެވެ. އެއީ، މީގެ 435 އަހަރު ކުރިން، މީލާދީ 1582 ވަނަ އަހަރު، ޕޯޕް ގްރެގަރީ (12 ވަނަ) ގެ އަމުރަށް ބޭނުންކުރަން ފެށި ކަލަންޑަރެކެވެ. މިކަން ވީގޮތަކީ، ޖޫލިއަސް ސީޒަރގެ ޒަމާނުއްސުރެ ބޭނުންކުރަމުން އައި ޖޫލިއަން ކަލަންޑަރު، އިރު ހިނގާ ވަރަށްވުރެ އަހަރަކު 11 މިނެޓުބައި ލަސްކަމަށް ޔަޤީންކުރެވުނީއެވެ. އަދި އެހާތަނަށް އައިއިރު އެ ކަލަންޑަރު އިރު ދައުރުކުރާ ވަރާ 10 ދުވަސް ތަފާތުވެފައިވާކަން އެނގުމުން، ޕޯޕް ގްރެގަރީގެ އަމުރަށް ކަލަންޑަރު 10 ދުވަސް ކުރިއަށް ޖައްސާލީއެވެ. މިކަލަންޑަރަށް އެކި ޤައުމު ތަކުގައި ޢަމަލުކުރަން ފެށީ، އެކި ދުވަސްވަރުއެވެ.
ހިޖްރީ އަހަރު ގުނަނީ ކީރިތި ރަސޫލާ صلى الله عليه وسلم މައްކާ އިން މަދީނާ އަށް ހިޖުރައަށް ވަޑައިގެންނެވި ތާރީޚުން ފެށިގެންނެވެ. ހިޖްރީ ކަލަންޑަރު ބިނާވެފައިވަނީ، ބިމުގެ ވަށައިގެން ހަނދު ދައުރުކުރާ ގޮތުގެ މައްޗަށެވެ. ބިމުގެ ވަށައިގެން ހަނދު ބުރެއް ޖަހަނީ، ގާތްގަނޑަކަށް 29.5 ދުވަހުން ކަމަށް ވެފައި، މީލާދީ މަހެއްގެ ދިގުމިނަކީ 30 ދުވަސް ނުވަތަ 31 ދުވަސް ކަމަށްވާތީ، ހަނދުގެ އަހަރުގެ ދުވަސްތަކުގެ ޢަދަދު އިރުގެ އަހަރުގެ ދުވަސްތަކަށްވުރެ އަހަރަކު 11 ދުވަސް މަދެވެ. ހިޖްރީ ކަލަންޑަރާއި މީލާދީ ކަލަންޑަރު ދިމާނުވާ ސަބަބަކީ މިއީއެވެ.
ރީކޯ މޫސަ މިއަދު ހިޖުރީ އާއަހަރުގެ ތަހުނިޔާ ފޮނުވި ނަމަވެސް ދެން ހިޖުރީ އާއަހަރެއް ފެށޭނީ މިއަހަރުގެ ސެޕްޓެމްބަރ 10 ނުވަތަ 11 ގައެވެ.
މީލާދީ އާއަހަރު ފާހަގަ ކުރަން ދުނިޔެ އާއި ރާއްޖޭގެ އެކި ހިސާބުތަކުގައި ވެސް ރޭ ވަނީ ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައެވެ.
ކީކުރާނީ އަހަރުމެންގެ ރައްޔިތުން ހޮވާފަ ތިބި އިއްޒަތްތެރި މެމްބަރުންނަށް ހިޖުރީ އަދި މީލާދީވެސް ވެސް ވަކިނުވޭ އެކަމު އަދިވެސް މަރިފަލި ޖަހަނީ އަނެތް 5 އަހަރަށް
އެއީ މޫސައަށް އެކަން ނުއެގުނީއެއްނޫން މާތްﷲ މިދުނިޔެއަށް ފޮނުއްވި އެއްމެމާތް އިންސާނަކީ މިއުއްމަތުގެރަސޫލާ އެކަލޭގެފާނަށްވެސް ބައެއްކަންތައް ހަދުމަފުޅުނެތި ގޮއްސަ އެބަހުރި އެއީ ކޮންމެ އިންސާނަކަށްވެސް ވެދާނެކަމެއް ގަބޫލުކުރޭ
(صَلَّى اللّٰهُ عَلَيْهِ وَسَلَّمَ)
ބައެއް ހީ އަކީ ފާފައެއް. ހަނދާންނެތުނީ ކަމުގަ ވެދާނެ. ވަﷲ އަޢުލަމް
ހަމަ އޮޅިގެން މިބާވަތުގެ ކަމެއް ހިނގާފާނެ.މެންދުރު ނަމާދުގަ އޮޅިގެން 3 ނުވަތަ 5 ރަކްއަތް ވެސް ކުރެވޭ.ވ.ވެދުން
May Allah reward you with goodness
މޫސަ އެހެރީ ހިޖުރަ އޮޅިފައެވެ...
މޫސަ ބޯ ކުލުނީ ކެންޕެއިން ފެށި މީހުންގެ ސާމާލްކަން އޭނާ އަށް