ދުނިޔޭގެ ގައުމުތަކުގެ ތެރެއިން ރައްޔިތުން އެންމެ އުފާވެރި ދިރިއުޅުމެއް ދިރިއުޅޭ ގައުމަކީ ފިންލެންޑު ކަމަށް އދ ގެ މި އަހަރުގެ ވޯލްޑް ހެޕިނެސް ރިޕޯޓުން ދައްކައިފިއެވެ.
މި އަހަރުގެ ރިޕޯޓުގެ ލިސްޓުގެ އެއްވަނަ އަށް ފިންލެންޑު އަރާފައިވާއިރު މިދިޔަ އަހަރު އެގައުމު އޮތީ ލިސްޓުގެ ފަސްވަނައިގައެވެ. މިިދިޔަ އަހަރު އެ ލިސްޓުގެ އެއްވަނައިގައި އޮތީ ފިންލެންޑުގެ އަވަށްޓެރި ގައުމެއް ކަމަށްވާ ނޯވޭ އެވެ.
ރިޕޯޓުން ދައްކާ ގޮތުގައި ދުނިޔޭގެ ގައުމުތަކުގެ ތެރެއިން ރައްޔިތުން އެންމެ އުފާވެރި ދިރިއުޅުމެއް ދިރިއުޅުމެއް އުޅެމުން ދަނީ ނޯޑިކް ގައުމުތަކުގައެވެ. އޭގެ ތެރޭގައި ފިންލެންޑް، ނޯވޭ، އައިސްލެންޑް، ޑެންމާކް އަދި ސްވިޑެން ހިމެނެއެވެ.
މި އަހަރުގެ ވޯލްޑް ހެޕިނެސް ރިޕޯޓުން ދައްކާ ގޮތުގައި ދުނިޔޭގެ ދެވަނައަށް އެންމެ އުފާވެރި ގައުމަކީ ނޯވޭއެވެ. އަދި ތިންވަނަ ޑެންމާކު ހޯދާފައިވާއިރު ހަތަރު ވަނަ ލިބިފައި ވަނީ އައިސްލޭންޑަށެވެ. ފަސްވަނައިގައި އޮތީ ސްވިޒަލެންޑެވެ. އެމެރިކާާ އޮތީ ލިސްޓުގެ 18 ވަނައިގައެވެ.
މި ރިޕޯޓުގައި މި އަހަރު ރާއްޖެ ހިމަނާފައި ނުވެއެވެ. ނަމަވެސް އަވަށްޓެރި ގައުމަތަކަށް ބަލާނަމަ ސްރީލަންކާާ އޮތީ ލިސްޓުގެ 116 ވަނައިގައެވެ. އިންޑިއާ އޮތީ 133 ވަނައިގައެވެ.
އެ ރިޕޯޓުން ދައްކާ ގޮތުން ރައްޔިތުން އެންމެ ހިތްދަތި ދިރިއުޅުމެއް އުޅެމުން ދަަނީ އެފްރިކާ ބައްރުގައި އޮންނަ ގައުމެއް ކަމަށްވާ ބުރުންޑީގައެވެ. ބުރުންޑީ އަކީ ނަސްލީ ތަފާތު ކުރުމާއި، ދާހިލީ ހަނގުރާމައިގެ ސަބަބުން ވަރަށް ގިނަ މައްސަލަތަކާއި ކުރިމަތިވެފައިވާ ގައުމެކެވެ.
މި ލިސްޓު އެކުލަވާލާފައި ވަނީ ރައްޔިތުންގެ އާންމު ދަނީއަށާއި، މިނިވަން ކަމަށާއި، ލައިފް އެކްސްޕެކްޓެންސީ ފަދަ ކަންކަމަށް ބެލުމަށް ފަހުއެވެ. ވޯލްޑް ހެޕިނެސް ރިޕޯޓަކި އދ އިން ކޮންމެ އަހަރަކު ނެރޭ ރިޕޯޓެކެވެ. އެ ރިޕޯޓުގައި އާންމު ގޮތެއްގައި އެންމެ ކުރީގައި އުޅެނީ ނޯޑިކް ގައުމުތަކެވެ.
އިންޑިޔާ އޯ ލޮލް
އަމިއްލައަށް މަރުވާ މީހުން ގެ ލިސްޓުގަ، އާންމު ގޮތެއްގައި އެންމެ ކުރީގައި އުޅެނީ ވެސް ނޯޑިކް ގައުމުތަކެވެ.
އަމިއްލައަށް މަރުވާ މީހުން ގެ ލިސްޓުގަ، އާންމު ގޮތެއްގައި އެންމެ ކުރީގައި އުޅެނީ ވެސް ނޯޑިކް ގައުމުތަކެވެ.
ތިގައުމުގެ ރައްޔިތުން ނުކުމެ ކޮންމެ ދުވަހަކު ތުޖޫރީ ގުނާތީދޯ ތިހާ ހިތް ހަމަޖެހިފަ ތިތިބެނީ. މިގައުމުގެ ރައްޔިތުން ނުނިދާ މުޒާހަރާ މިކުރަނީ ރައްޔިތުންނަށް އަލަށް އެނގިއްޖެ ތިޖޫރީ ކިޔާ އެއްޗެއް ހުންނަކަން. އެނުބަހައިގެން ގެއަށް ނުވަންނަން މިތިބެނީ.