ވަޒީފާ ނެތިގެން އެތައް ބަޔަކު ދިރިއުޅުމުގެ ޚަރަދުތައް ހަމަޖައްސާނެ ގޮތެއް ނެތިގެން އުޅޭއިރު ވަރަށް އާދަޔާއި ހިލާފު މަސައްކަތްތައް ކޮށްގެން އާމްދަނީ ހޯދާ މީހުން ވެސް ދުނިޔޭގެ އެކި ސަރަހައްދުތަކުގައި އެބައުޅެއެވެ. މިގޮތުން އެންމެ ފާހަގަ ކޮށްލެވޭ އެކަކީ އެމެރިކާގެ މިސޫރީގައި ދިރިއުޅޭ ރޮބިން މޭރީ އެވެ.
މޭރީގެ ވަޒީފާ އަކީ ފައިސާ އަށް އެހެން މީހުން ނިއްދަވައި ދިނުމެވެ. މަންމަ ނުވަތަ ލޯބިވެރިޔާ ނުވަތަ އަނބިމީހާ ކައިރީ އޮވެ ނިދުމުގެ ނަސީމު ނުލިބޭ މީހުންނަށް މޭރީ ޚިދުމަތް ދެއެވެ. އޭނާގެ އަގަކީ އެއް ގަޑިއިރަށް 80 އެމެރިކާ ޑޮލަރެވެ. އެއީ ދިވެހި ރުފިޔާ އިން ބަލާނަމަ 1200 ރުފިޔާ އެވެ.
މޭރީ މީޑިއާތަކަށް މައުލޫމާތު ދެމުން ބުނެފައި ވަނީ އޭނާއަށް އާމްދަނީގެ ގޮތުގައި އަހަރަކު 40000 އެމެރިކާ ޑޮލަރު ލިބޭ ކަމަށެވެ. އެއީ ދިވެހި ރުފިޔާ އިން ބަލާނަމަ ހަތްލައްކަ ރުފިޔާ އެވެ.
މީހަކު ނިންދަވައި ދިނުމަށް މޭރީ ވިއްކަނީ އެއް ގަޑިއިރާއި ހަތަރު ގަޑިއިރާއި ދެމެދުގެ ވަގުތުތައް ހިމެނޭ ޕެކޭޖެކެވެ.
މޭރީ ގަބޫލު ކުރާ ގޮތުގައި އެހެން މީހެއްގެ ކައިރީގައި އޮވެ ނިދާލުމަކީ ސްޓްރެސް އިން ސަލާމަތްވެ މީހާގެ ސިއްހަތައް ފައިދާ ކުރާ ކަމެކެވެ. އޭނާގެ މަސައްކަތް އޭނާ އިސްތިހާރު ކުރަމުން ގެންދަނީ ވެސް އެއީ ސިއްހީ ގޮތުން ފައިދާތައް ލިބޭ ކަމެއް ކަމަށް ބުނެއެވެ.
ކޮންމެ ކަމެއް ކުރުން ހުއްދަ އެމެރިކާގައި މިފަދަ ކަންކަން ކުރި ނަމަވެސް މިއީ ކޮންމެ މުޖުތަމަޢަަކަށް ފެތޭ މަސައްކަތެއް ނޫނެވެ.
މުޖުތަމަޢަށް ނުފެތޭ ކަންކަން ތަޢާރަފު ކުރަން ކުރާ މަސައްކަތް ހުއްޓާލަންފެނޭ؟؟؟؟؟
ހެހެހެހެ ނިންދަވާދޭ ގަޑީގައި އެހެން ޚިދުމަތެއް ނޯވޭބާ؟
ތަންކޮޅެއް އަތްދިގު މީހުން އުޅޭނެ އިނގޭ. އެހެންވީމާ ތިޔަހާ ސްމޫތްކޮށް ތިޔަ ވަޒީފާ އަދާކުރެވޭނެހެން ހިއެއްނުވޭ.
އަހަރެމެން ރާއްޖޭގައި މީހުން ނިންދަވަނީ ޖެހިޖެހީނުން! ވީމާ ތި ވަޒީފާއަށް އެންމެ ކޮލިފައި މީހުން ތިބީ މި ރާއްޖޭގައި!
ތީ ވަރައް ރަނގަޅު ބެނުންތެރި ޚިދުމަތެއް. ޢެތައް ބަޔކު ރާއްޖެގއިވެސް އެބައުޅޭ އެފުރުސަތު ނުލިބޭ.
ޙެހެހެެހެ...އެހެންމީހުންގެ ސަމާލު ކަން ހޯދަން.
ނިންދެވުމަށްވުރެ ބޮޑަށް އެހެން ކަމެއް ކަންނޭންގެ ތިޔަ އުޅެނީ
ޡިއައް ކިއާއުޅެނީ ހަށި ވިއްކުން
އަސްތަޤްފިރުﷲ