ކުރިން މަސައްކަތަށް ހާޟިރުވުމަށް ފަހު ޖެހޭނީ ސޮއި ކުރާށެވެ. އެހެންނަމަވެސް، ޒަމާނަށް އައި ބަދަލާއެކު އެކަން ބަދަލުވީ އިނގިލި ޖައްސާ މެޝިނަށެވެ. އެހެންނަމަވެސް، މިހާރު ފެންނަމުންދާ މަންޒަރުތަކަށް ބަލާއިރު، އެއަށްވުރެ ތަފާތު އަދި އެއަށްވުރެ ޒަމާނީ ގޮތްތައް ދަނީ މިކަމުގެ ތެރެއަށް ވަންނަމުންނެވެ.
އެގޮތުން، އަވަށްޓެރި އިންޑިޔާގެ ހޮސްޕިޓަލެއްގައި މަސައްކަތް ކުރާ ޑޮކްޓަރުންނަށް އަންގާފައިވަނީ އެމީހުން ޑިއުޓީ އަށް ރިޕޯޓު ކުރިކަމަށް ބަލާނީ ބަލި މީހަކާއެކު ސެލްފީ އެއް ނެގުމުންކަމަށެވެ.
އިންޑިޔާގެ އުއްތަރަ ޕްރަދޭޝްގައި ހުންނަ ކޮމިއުނިޓީ ހެލްތު ސެންޓަރުތަކުގަޔާއި ޕަބްލިކް ހެލްތު ސެންޓަރުގެ ޑޮކްޓަރުންނަށް މި ފިޔަވަޅު އަޅާފައިވާއިރު، މިއީ އެފަރާތްތައް މަސައްކަތަށް ނުނިކުންނަ މައްސަލަ ހައްލު ކުރުމުގެ ގޮތުން އަޅާފައިވާ ފިޔަވަޅެކެވެ. އަދި ސެލްފީ އެއް ނުފޮނުވާ ކޮންމެ ދުވަހެއްގެ މުސާރަ އުނިކޮށް، އަޚުލާޤީ ފިޔަވަޅުތައް އަޅާނެކަމަށްވެސް ބުނެފައިވެއެވެ.
އެ ސަރަޙައްދުގެ ހެލްތު ކޮމިޝަނަރު، އެސަރަޙައްދުގެ ކަމާ ބެހޭ ހުރިހާ ސަރަޙައްދުތަކަށް މި މަހުގެ 11 ވަނަ ދުވަހު އަންގާފައިވާ ގޮތުން، ކޮންމެ ދުވަހަކުވެސް ޑޮކްޓަރުން ސެލްފީ ފޮނުވަން ޖެހޭނީ އެސަރަޙައްދެއްގައި އެމީހަކަށް ޒިންމާވާ އިސް ވެރިޔަކަށް، ވަޓްސްއެޕް މެދުވެރިކޮށެވެ.
ނޫސްތަކުން ބުނާ ގޮތުގައި ޑޮކްޓަރުން މިހާރު ދަނީ މިގޮތަށް އަމަލު ކުރަމުންނެވެ.
އައީ ޖީ އެމް ހޮސްޕިޓަލް ގަ ވެސް ތިކަން ކުރަން ފެނޭ ،
ހަހާ.. އެއްދުވަހު ޑޭޓް ބަދަލުކޮށްފަ 1ބަރިޔަކަށް ސެލްފީ ނަގާފަ ދުވާލަކު ފޮޓޮއެއް އެބުނާ މީހަކަށް ފޮނުވާނީ.. އެދުވަސްތަކުގަ ނުކުންނާނެ ކަމެއްނެތް.. ގަޅި ވެރިން މިތިބެނީ ތަންނަނާ ހަވާލުވެ.. ހަމަ ރާއްޖޭގެ މިސަރުކާރުގެ ކޯޑިނޭޓަރުން ތިތާވެސް ތިތިބެނީ..