އެކީގައި ޗުއްޓީ ދަތުރަކު ދާން ދާދި ފަހުން ކައިވެނިކުރި ޒުވާން މަޝްހޫރު ލަވަކިޔުންތެރިޔާ ޖަސްޓިން ބީބާ އަދި އޭނާގެ އަންހެނުން މަޝްހޫރު މޮޑެލް ހެއިލީ ބޯލްޑްވިން އަށް މަޝްހޫރު ރިއަލިޓީ ޓީވީ ތަރި ކައިލީ ޖެނާ ދައުވަތު ދީފިއެވެ.

ރިޕޯޓްތަށް ބުނާގޮތުގައި އިންސްޓަގްރާމް މެދުވެރިކޮށް ކައިލީގެ ދަރިފުޅު ސްޓޯމީގެ އުފަންދުވަހާއި ގުޅިގެން ބީބާ އަށް ކައިލީ ދައުވަތު ދީފައިވަނީ ޓާކްސް އެންޑް ކޮއިސް އައިލެންޑްސް އަށް އަންނާނެށެވެ.

ބީބާ ވަނީ ވަރަށް ހައިރާންވެ ހުރެ މި މެސެޖަށް ޖަވާބުދީފައެވެ. ނަމަވެސް ކައިލީގެ ދައުވަތު ބީބާ އަދި ގަބޫލު ކުރިކަމެއް ސާފެއް ނުވެއެވެ.

ކައިލީ ވަނީ މީގެ ކުރިންވެސް ޓާކްސް އެންޑް ކޮއިސް އައިލެންޑްސް ގައި ޗުއްޓީ ހޭދަކޮށްފައެވެ.

ބީބާ އާއި މަޝްހޫރު މޮޑެލް ހެއިލީ ބޯލްޑްވިން ކައިވެނިކޮށްފައި ވަނީ ސެޓެމްބަރު މަހުގެ މެދުތެރޭގަ އެވެ. އެ ދެ މީހުން އެންގޭޖްވީ މިދިޔަ އަހަރު ސެޕްޓެމްބަރު މަހުގެ 8 ގައި ކަމަށް މީޑިއާތަކުން އޭރު ބުނެފައިވެ އެވެ.

މަގުބޫލު އެތައް ލަވައެއް އެހުންތެރިންނަށް ދޫކޮށްލާފައިވާ ކެނެޑާ އަށް ނިސްބަތްވާ ބީބާ މީގެ ކުރިން ލޯބީގެ ގޮތުން ގުޅިގެން އުޅުނު ސެލީނާ އާއި ގުޅުން ކެނޑި ޖަސްޓިން ބީބާ ހޭލީއާ ކައިވެނި ކުރި ނަމަވެސް ސެލީނާގެ ބަލި ހާލަތު އެނގުމުން ޖަސްޓިން ހުރީ ބޮޑު ހައިރާންކަމެއްގައި ކަމަށް ވެއެވެ.

އަދި ޖަސްޓިން ހޭލީގެ ކާރުގެ ތެރޭގައި ރުއި މަންޒަރު ފެންނަ ވީޑިއޯއެއް މީސް މީޑިއާގައި ދަނީ ދައުރުވަމުންނެވެ. އެ ވީޑިއޯގައި ޖަސްޓިންގ ހޭލީއާއި ވާހަކަދައްކާ މަންޒަރު ފެންނައިރު، ޖަސްޓިން ވަރަށް ބޮޑަށް ލޯ އުނގުޅާ މަންޒަރުވެސް ފެނެއެވެ.