ދާދި ފަހުން ރާއްޖޭގެ މީސް މީޑިއާ ކައްކުވާލި ހަބަރަކީ މަޝްހޫރު ވިޔަފާރިވެރިޔާ އަދި ސިޔާސީ ލީޑަރު، އަޙުމަދު ސިޔާމް (ސަން ޓްރެވެލް ސިޔާމް)، މޮރޮކޯގެ އަންހެނަކާ ކައިވެނި ބައްލަވައިގެން ހަބަރެވެ.

ސިޔާމް، މޮރޮކޯ އަނބިކަނބަލުންނާ ކައިވެނި ބައްލަވާގަތް ސީދާ ތާރީހު ނޭނގުނު ނަމަވެސް، އޭނާ ޕާޓީ ރާއްޖޭގައި ބޭއްވީ ދާދިފަހުންނެވެ. މީހުންގެ ލޯތައް އަމާޒުކޮށްލީވެސް ސިޔާމް ބޭއްވި "ފޭންސީ" ވެޑިންނަށެވެ. ސަން ސިޔާމް އިރުފުށި ރިސޯޓުގައި ބާއްވާފައިވާ ކައިވެނީގެ ފޮޓޯތަކަށް އެތައް ބައެއްގެ ލޯތައް ހުއްޓުނު އިރު، މިއަދު މީސް މީޑިއާގައި ވައިރަލްވީ އެ ކައިވެނީގެ ތަފާތު ވީޑިއޯއެކެވެ.

Sun Travel Siyam ge Arabi kaaiveneege haflaa.. 😁

Posted by Viral Maldives Videos on Monday, January 21, 2019

 

ވީޑިއޯގައި ފެނިގެން ދަނީ އަރަބި ލަވަ ކިޔުންތެރިއެއްގެ ލަވަ ކިޔުމާއެކު ސިޔާމް ކައިވެނި ބައްލަވައިގަތް އަންހެން މީހާ "ދާނެއްގެ" މަތީގައި ހަތަރު ފިރިހެނުން ހިފަހައްޓާފައިވާތަން ފެނެއެވެ. އަދި އަރަބި ލަވައިގައި އޭނާގެ އާއިލާ ކަމަށް ލަފާކުރެވޭ ބަޔަކާއެކު ސިޔާމްގެ އިތުރުން ސިޔާސީ މައިދާނުގައި އޭނާއާ އެންމެ ގާތް، ކެނދިކުޅުދޫދާއިރާގެ މެމްބަރު އަލީ މައުރޫފްވެސް ބައިވެރިވާތަން ފެނެއެވެ.

ސިޔާމް މީގެ ކުރިން ދިވެހި ޒުވާން އަންހެން ބޭކަނބަލަކާއި ކައިވެނި ބައްލަވައިގަނެ މާލޭގައި ވެސް ބޮޑު ކައިވެނި ޕާޓީއެއް ބޭއްވިއެވެ. މިފަހަރުވެސް ރާއްޖޭގެ އިތުރުން މޮރޮކޯގައިވެސް އޭނާގެ ކައިވެނި ހަފްލާއެއް ވަނީ ވަރަށް ކުލަގަދަކޮށް ބާއްވާފައެވެ.

ސިޔާމް އަކީ ރާއްޖޭގައި އަދި ރާއްޖޭން ބޭރުގައިވެސް ފުޅާދާއިރާއެއްގައި ވިޔަފާރި ކުރަމުން އަންނަ ބޭފުޅެކެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. މަ މަ މަ

    ދުނިޔޭގެ ދަޅަތަށް ތިބާ ހެއްލުންތެރިކުރުވިޔަ ނުދޭށެވެ. އަހަރުމެން މުސްލިމުން އުޅެންވާނީ މުސްލިމުންގެ ގޮތުގަ.. އެމީހަކު އުޅެންވަނެ ގޮތެއް އެނގޭނީ އެމީހަކަށް. ފާޑުކިޔާކަށް ނެތިން. މަރުހަބާ ސިޔާމޫ.

  2. މޮޔަމީހާ

    ޔާމީނުގެ ގާތް ލާދީނީ ޝިޔާމް

  3. ނަގޫ

    ދުނިޔެކެވޭނެ އާހިރަތް. އައި ޑޯން ނޯ

    • Anonymous

      😋

  4. ކޮޅުކެހި

    ކޮބައިތަ؟ ސޫޓުކޭސް ތެރެއިން ފެނުނު ފުޅި! ވަރަށް ލާދީނީ ހަފުލާއެއް.

  5. ގޯނިބޭ

    ޝިޔާމްގެ މޮރޮކޯ އަންހެނުން ތުރުކުރައްވާދެން އިންނެވީ ފޫޅު ފެންނަ ޢަރަބިހެދުމެއްދޯ؟ މުސްލިމް އަންހެނެއްބާ؟ ނޫނީ މުސްލިމް ނޫން އަންހެނެއްބާ؟

  6. ޭއަހަހަ

    ޝިޔާމް ކިތަށް އަނބި ހުރޭބާ؟

  7. ލަކީ

    ވަރަށް ޒީލަގަދަ ބައެއްހެން ހީވަނީ. އަމިއްލަ ކައިވެނީގެ ސްޓައިލް އެވެސް ރާއްޖޭގަ. މިފަހަރު ހުރިހާ ރިސޯޓެއް ދަމައިގަންނާނެ.