އެންމެ އެކުގައި އުޅޭ ބެސްޓްފްރެންޑް ވެސް ގެއްލުމެއް ދީފާނެ ކަން އަބަދުވެސް ހަނދާނުގައި ބަހައްޓަން ޖެހެއެވެ. އެއީ ދުނިޔެ ދައްކާ ހަޤީޤަތްތަކުގެ ސަބަބުންނެވެ.
ދާދިފަހުން ވެނެޒުއޭލާގައި ހިނގި ހާދިސާ އަކީ މީގެ މިސާލެކެވެ. ދެ އަހަރު ވަންދެން މީހަކު ލޯބީގެ ގޮތުން ގުޅިގެން އުޅުނު އަންހެނަކާއި އެކު ސިއްރު ގުޅުމެއް ބާއްވަމުން ދިޔައީ ދުރު މީހެއް ނޫނެވެ. އެންމެ ގާތުގައި ހުރި އާނާގެ ބެސްޓްފްރެންޑެވެ. އެއީ 20 އަހަރު ވަންދެން އެކުގައި އުޅުނު ދެރަހުމަތްތެރިންނެވެ.
ލޯބިވެރިޔާ ބެސްޓްފްރެންޑާއި އެކު ސިއްރު ގުޅުމެއް ބާއްވަމުން އަންނަކަން އެނގުމުން އެމީހުން ބޭޒާރު ކޮށްލަން މީހަކު ކުރި ކަމެއް މިވަނީ ގިނަ ބައެއްގެ ސަމާލުކަމަށް އައިސްފައެވެ.
އޭނާ ކުރި ކަމަކީ އޭނާ އާއި ލޯބިވެރިޔާގެ އާއިލާ މެންބަރުންނާއި އަދި ދެމީހުންގެ ހުރިހާ ރަހުމަތްތެރިންނަށް ވެސް ޕާޓީއަކަށް ދައުވަތު ދިނީއެވެ. އެތައް ބަޔަކު ޕާޓީއަށް އައުމުން މައިކްރޯފޯނުން ހުރިހާ އެންމެންނާއި މުހާތަބުކޮށް ބެސްޓްފްރެންޑާއި ލޯބިވެރިޔާގެ ސިއްރު ގުޅުމުގެ ވާހަކަ ޕާޓީގެ ހުރިހާ މެހެމާނުންނަށް ކިޔައިދިނީއެވެ. އެއަށް ފަހު އެމީހުންނާއި އެކު ބާއްވަމުން އައި ގުޅުން ކަނޑާލިކަން ރަސްމީކޮށް އިއުލާން ކުރީއެވެ.
"މިއަދު އަހަރެންނަށް ވަރަށް ބޮޑު ހަޤީޤަތެއް އެނގިއްޖެ. އަހަރެންގެ ހިތާއި ސިކުނޑި އެތައް ދުވަހެއް ވަންދެން އަހަރެންގެ ކައިރީގައި ބުނަމުން އައި ވާހަކައެއްގެ ހަޤީޤަތް މިއަދު ހާމަވެއްޖެ." އޭނާ ބުންޏެވެ.
އަލްބާޓޯ ނަމަކަށް ކިޔާ ބެސްޓްފްރެންޑާއި މުހާތަބުކޮށް އޭނާ ބުނީ އަލްބާޓޯ އަކީ 20 އަހަރު ވަންދެން އޭނާ ބައްޕައެއް އަދި ބޭބެއެއްގެ ގޮތުގައި ބެލި މީހާ ކަމަށެވެ.
އެއަށް ފަހު އަލްބާޓޯ އާއި ލޯބިވެރިޔާގެ ފޯނުން ދައްކާފައި ހުރި ވާހަކަތަކާއި މެސެޖްތައް ޕާޓީގައި ތިބި މީހުންނަށް އޭނާ ކިޔައިދިނެވެ.
އޭނާގެ ނަމެއް މީޑިއާގައި ހާމަކޮށްފައެއް ނުވެއެވެ.
މިވެސް ދީނުގަ އަންގަވާފަ ވާ ކަމެއްތަ ދިވެިން މި ކިޔަން؟
ކަލޭ މި ކިއީ ދީނުގައި އަންގަވާފައި އޮތީމަތަ