މީގެ 30 އަހަރު ކުރީގެ އެޕަލް ކުންފުނީގެ ކޮންޕިއުޓަރެއް ނިއުޔޯކުގެ ޕްރޮފެސަރެއް، އޭނާ ދިރިއުޅެމުން ދިޔަ ގޭގެ ގުދަނަކުން ހޯދައިފިއެވެ.

ޕްރޮފެސަރު ޖޯން ޕަފަފް ކުރި ޓުވީޓެއްގައި ބުނީ މީގެ 30 އަހަރު ކުރިން އޭނާގެ ބައްޕަ ބޭނުން ކުރި އެޕަލްއެޕަލް ކުންފުނީގެ "އެޕަލް 2" ކޮންޕިއުޓަރެއް އޭނާގެ ގުދަނުން ފެނިފައިވާ ކަމަށާއި އަދި އޭތި އަދިވެސް މަސައްކަތް ކުރާ ކަމަށެވެ.

ޖޯން ޕަފަފް އިތުރަށް ބުނީ ކޮންޕިއުޓަރުގައި އޭނާގެ ބައްޕަ ލިޔެފައިވާ ނޯޓެއް ވެސް އޮތް ކަމަށެވެ. އޭނާ ބުނީ ހިރްފުަސް ޕޮޅާލާފައި މި ކޮންޕިއުޓަރު ނެގުމުން ކުޑަ އިރުގެ މަތިން ހަދާންވި ކަމަށެވެ.

1976ވަނަ އަހަރު ސްޓީވް ޖޮބްސްއާއި ސްޓީވް ވޮޒްނިއަކް ގުޅިގެން އެންމެ ފުރަތަމަ އެޕަލް ކޮންޕިއުޓަރ އުފެއްދިއެވެ. ފުރިހަމަ އަށް މަސައްކަތް ކުރާ މި ކޮންޕިއުޓަރަކީ 1977 އަހަރު އެޕަލް ކުންފުނިން އުފެއްދި އެޕަލް ސީރީސްގެ ދެވަނަ ކޮމްޕިއުޓަރެވެ. 1993 ވަނަ އަހަރު ނިމުނު އިރު މި ބާވަތުގެ ކޮންޕިއުޓަރުގެ 6 މިލިއަން ކޮންޕިއުޓަރު އެޕަލް ކުފުނިން ވަނީ ވިއްކާފައެވެ.

އެޕަލް 2 ގެ އޮޕަރޭޓް ސިސްޓަމް އެޅުމަށް ހާއްސަވެފައިވަނީ ފްލޮޕީ ޑިސްކު މެދުވެރިކޮށެވެ. އޭގެ ފަހުން 1984 ވަނަ އަހަރު އެޕަލް ކުންފުނީގެ މަޝްހޫރު މެކިންޓޮޝް ނުވަތަ މެކް ކޮންޕިއުޓަރު އެފެއްދިއެވެ.

އެޕަލް ކުންފުނީގެ އަގު މިހާރު 1 ޓްރިލިއަން ޑޮލަރުގައި ހުރިއިރު، އެކުންފުނީގެ ހިއްސާއެއްގެ އަގު މިހާރު އުޅެނީ 207 ޑޮލަރުގައެވެ.

އެޕަލް ކުންފުންޏަކީ 1970 ވަނަ އަހަރު ސްޓީވް ޖޮބްސް ވުޖޫދަށް ގެނައި ކުންފުންޏެކެވެ. ސްޓީވް ޖޮބްސް 2011 ވަނަ އަހަރު މަރުވުމާއިއެކު އެޕަލް ހިންގަމުންދަނީ ޓިމް ކުކްއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ކައުންސެލަރު

    ހޫނ. 30 އަހަރަކީ އެހާދުރެއްނޫނެއްނު. ދާދި މިދާކަށް ދުވަހެއްނު އެއީ. އެހެންނޫނަސް އެޕަލްއަކީ މާމޮޅުއެއްޗެއްނޫން.

    4
    10
  2. ގަދަ

    އަހަރެން ހަލާކުވެގެން އެއްލާލި ކޮމްޕިއުޓަރަށް ވެސް ތިޒާތުގެ އަކުރުތަކެއް އަރާ