އިންޑިއާ ސަރުކާރުގެ ދަޑުވެރިކަމުގެ ސިޔާސަތާ ދެކޮޅު ހެދުމަށާއި، ދަޑުވެރިނަށް ލިބެން ޖެހޭ ހައްގު ދިނުމަށް އެދި އިންޑިއާގެ މަހަރާޝްތުރާގެ އެތަށް ހާސް ދަޑުވެރިންތަކެއް ފައިމަގުގައި ހިންގާފައި މުންބާއީއަށް ގޮސްފިއެވެ.

މަހަރާޝްތުރާއިން ފެށިގެން 180 ކިލޯ މީޓަރުގެ ރާސްތާއެއް ހުރަސްކޮށް ދަޑުވެރިން ވަނީ މުންބާއީއަށް ގޮސް ދަޑުވެރިނަށް ލިބެން ޖެހޭ އަސާސީ ހައްގު ހޯދައި ދިނުމަށް ސަރުކާރަށް ގޮވާލާފައެވެ. ދަޑުވެރިން މައިގަނޑު ގޮތެއްގައި ފާހަގަ ކުރީ ދަޑު ބިންތަށް ހަނަފަސްވެ ސާފު ބޯންފެން ނުލިބޭއިރު، ސަރުކާރުން ދަޑުވެރިނަށް އަޅާ ނުލާކަމަށެވެ.

ދަޑުވެރިން ވަނީ ސަރުކާރުން އެމީހުން ގޮވާލުންތަކަށް އިޖާބަދީ ކަންބޮޑުވުންތަށް ހައްލުކޮށްދުނުމަށް އެދިފައެވެ. އިންޑިއާގައި ކޮންމެ އަހަރަކުވެސް އެތަށް ސަތޭކަ ދަޑުވެރިން ބަގުރޫޓްވުމާއި ހަމައަށް ދިޔުމުން އަމިލައަށް މަރުވެއެވެ.

އިންޑިއާ ބޮޑު ވަޒީރު މޯދީ މަގާމުން ދުރުކުރަން މިމަހު ކުރީ ކޮޅު ބައި މިލިއަން މީހުން ވަނީ މުޒާހަރާ ވެސް ކޮށްފައެވެ.2014 ވަނަ އަހަރު ބޮޑު ތަފާތަކުން ވެރިކަމަށް އައި މޯދީ މުޒާހަރާތަކަށް ރައްދުދެއްވަމުން ވިދާޅުވީ މިއީ އިދިކޮޅު ޕާޓީތަކުން އަމިއްލަ މަސްލަހަތު އިސްކޮށްގެން ބޭއްވި މުޒާހަރާއެއް ކަމަށެވެ.

މުޒާހަރާތަށް ސަރުކާރާއި ދެކޮޅަށް ކުރަމުންދާ އިރު، މިދިޔަ އަހަރު ޑިސެމްބަރު މަހު ތިން ސްޓޭޓެއްގައި ބޭއްވި މަޖިލިސް އިންތިހާބުން މޯދީގެ ޕާޓީ ބީޖޭޕީ ވަނީ ނާކާމިޔާބުވެފައެވެ.

މީގެ އިތުރުން ބީޖޭޕީއިން 2014 ވަނަ އަހަރު އިންޑިއާގެ ވެރިކަމަށް އައުމަށް ފަހު އެގައުމުގައުވަނީ މުސްލިމުނާއި ދެކޮޅަށް އުފެދޭ ނަފުރަތު ވަނީ ހައިރާން ކުރަނިވި ވަރަކަށް މަތިވެފައެވެ. ކަންމިހެން ހުރުމުގެ ސަބަބުން އެގައުމުގައި ވަނީ ދީނީ އަދި އެހެހެނިހެން ގޮތްގޮތުން ތަފާތު ކުރުމުގެ ރޫހެއް އުފެދިފައިއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ބެއްޔާ

    180 ކިލޯ މީޓަރަކަށް ހިނގާފަ ނުދެވޭނެ