ހަ މީހަކު ވެގެން ރޭޕް ކުރި 11 އަހަރުގެ އަންހެން ކުއްޖަކު ވިހައިފިއެވެ.

އިންޑިއާގެ ރާޖްކޮޓްގެ ސަރުކާރު ހޮސްޕިޓަލަށް މި ކުއްޖާ ވިހާފައިވާއިރު، ދެމައިންގެ ހާލުވެސް ރަނގަޅެވެ. އެހެން ނަމަވެސް އެ ދަރިފުޅުގެ ކޮންމެވެސް ވަރެއްގެ ސިއްހީ މައްސަލަތަކެއް އެބަހުރިކަމަށް ޑޮކްޓަރުން ވަނީ ބުނެފައެވެ.

އެ ކުއްޖާ ވިހާފައި ވަނީ އޭނާގެ ބަނޑަށް އަށް މަހުގައެވެ.

އިންޑިއާގެ ނޫސްތައް ބުނާގޮތުގައި، އެ ކުއްޖާ ރޭޕް ކުރި ހަ މީހުންގެ ތެރެއިން ހަތަރު މީހަކު މީގެ ކުރިން ވަނީ ހައްޔަރުކޮށްފައެވެ. އަދި ދެން ތިބި ދެ މީހުން މިދިޔަ ހޮނިހިރު ދުވަހު ހައްޔަރުކޮށްފައިވާކަމަށް ރިޕޯޓްތައް ބުނެއެވެ.

ފުލުހުން މިހާރުވެސް އެ މައްސަލަ އިތުރަށް ބަލަމުން އަންނައިރު، އެ މި ހަ މީހުންވެގެން އެ ކުއްޖާ ރޭޕްކޮށްފައި ވަނީ އެކި ފަހަރު މަތީންނެވެ.

މިދިޔަ އަހަރު ތެރޭގައި އިންޑިއާގައި 10 އަހަރު ކުއްޖަކު ބަނޑުބޮޑުވެ ދަރިވައްޓާލުމަށް ސްޕްރީމް ކޯޓުން ހުއްދަ ނުދިން ކުއްޖަކުވެސް ވަނީ ވިހާފައެވެ.

ކިޔުންތެރިންގެ ހިޔާލު