އޮސްޓްރޭލިއާގެ ސިޑްނީގެ ހޮސްޕިޓަލެއްގައި މަސައްކަތް ކުރާ އަންހެން ޑޮކްޓަރަކު އޭނާގެ ލޯބިވެރިޔާ ބީވެގެން ދިއުމުން ލޯބިވެރިޔާ އަށް 9000 އަށް ވުރެ ގިނަ މެސެޖް ކުރި މައްސަލައިގައި ހައްޔަރުކޮށްފިއެވެ.

ޑެނިސް ލީ އާއި މެތިއު ހޮލްބާޓަން ބައްދަލުވީ 2015 ވަނަ އަހަރު ޑޭޓިން އެޕްލިކޭޝަނަކުންނެވެ. ދެމީހުންގެ ގުޅުން ބަދަހިވެ، ބައްދަލުވެ ލޯބިވެރިންނަށް އެމީހުން ވިއެވެ. ދުވަސްތަކަށް ފަހު ދެމީހުން ގުޅުން ކެނޑުނީ މިއަހަރު އެވެ.

މެތިއު، ލީ އާއި އެކު އުޅެން ބޭނުން ނުވި ނަމަވެސް ލީ ހުރީ އެހާ ފަސޭހައިން މެތިއު ދޫކޮށްލާ ގޮތަކަށް ނޫނެވެ. ލީ ވަނީ އިންޒާރުގެ މެސެޖްތައް ވެސް މެތިއުއަށް ފޮނުވާފައި ކަމަށް ފުލުހުން ކޯޓަށް ހުށަހަޅާފައިވާ ހެކިތައް ބުނެއެވެ.

އެއް މެސެޖްގައި ލީ ބުނެފައި ވަނީ މެތިއު ލޯބިވާ މީހުންނާއި އެއްޗެހި ދެން އޭނާގެ އަމާޒަކަށް ވާނެ ކަމަށެވެ. ފުލުހުން ބުނާ ގޮތުގައި އެއީ މެތިއު ލޯބިވާ މީހުންނާއި އެއްޗެއްސަށް ގެއްލުން ދޭނެކަން ދޭހަވާގޮތައް ލީ ދީފައި އޮތް އިންޒާރެކެވެ.

އޭގެ އިތުރުން ލީ ވަނީ މެތިއުގެ ކިބައިން ބަދަލު ހިފާނެ ކަމަށް ބުނެ ވެސް މެސެޖެއް ކޮށްފައެވެ. އަދި މެތިއު ސަޕްރައިޒް ވާނެ ފަދަ ކަންތައްތަކެއް ދިރިއުޅުމުގައި ދިމާވާނެ ކަމަށް ވެސް ލީ ބުނެފައި ވެއެވެ.

ލީ ވަނީ މެތިއުގެ އާ ލޯބިވެރިޔާ އަށާއި މެތިއުގެ މައިންބަފައިންނަށް ވެސް އިންޒާރުދީ އީމެއިލްއެއް ފޮނުވާފައެވެ.

ލީގެ މައްޗަށް މިހާރު ވަނީ ދެ ދައުވާއެއް އުފުލާފައެވެ.

އޭނާގެ މައްޗަށް އުފުލާފައިވާ އެއް ދައުވާއަކީ މީސް މީޑިއާ އިން އެހެން މީހުންނަށް ފާރަލާ، އެމީހުން އުޅޭ ނޫޅޭގޮތް ބެލުމުގެ ކުށުގެ ދައުވާއެވެ. އަނެއް ދައުވާ އަކީ މީހަކަށް އިންޒާރު ދިނުމުގެ ދައުވާއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އަޒާ

    ކީއްކުރަންތަ އެހާވަރަކުން އޭނަގެ ފަހަތުން ތިޔާ އުޅެނީ..؟ މަވެސް މިހުރީ ހުސްކޮށް..

    9
    2
    • އަލިފުޅުގެ މަންޖެ

      އޯ ގަދަ... މަވެސް މިއުޅެނީ ކުއްޖަކު ނުވެގެންނޭ...

      3
      1
  2. ލީނާ

    ތިވެސް ހަބަރެއްތަ