އާންމުކޮށް ހުޅަނގުން އެކިއެކި ޕްރޮޕެގެންޑާތައް މީޑިއާ މެދުވެރިކޮށް ފަތުރަމުންދެއެވެ. އެފަދަ ކަންކަމުގައި ހާއްސަ ދިރާސާތައްވެސް ހަދަމުން ދެއެވެ. ފަހުގެ ތާރީހެއްގައި ދުނިޔޭގެ އެންމެ ގަދައަށް ދެކެވެމުން އައި ވާހަކައަކީ ޑިމަކްރަސީގެ ވާހަކައެކެވެ. ޑިމަކްރަސީގެ ސަބަބުން ގައުމުތަކަށް އަންނަ ވާހަކައެކެވެ.
170 ގައުމެއް އެކުވެގެން މިދިޔަ 50 އަހަރަށް ބަލާ ކުރި ދިރާސާއަކުން ދައްކާ ގޮތުން، ޑިމަކްރަސީގެ ސަބަބުން ގައުމުތަކުގެ ރައްޔިތުން ސިއްހަތު ރަނގަޅުވާ ކަމަށާއި، ހިތުގެ މައްސަލަތަކަށްވެސް ހައްލު ލިބިގެންދާ ކަމަށް ދިރާސާތަކުން ވަނީ ދައްކާފައެވެ. އެ ދިރާސައިން ދައްކާ ގޮތުން ގައުމެއް ކުރި އަރާ ޖީޑީޕީ މައްޗަށް ދިޔުމަށްވުރެ ބޮޑަށް، އެގައުމަކަށް ޑިމަކްރަސީ އައުމުން މާބޮޑަށް ފައިދާ ކުރެއެވެ.
އެގޮތުން ޑިމަކްރަސީއާއެކު އިންސާފަށް ހަމަހަމަކަން އައިސް، ގައުމުގެ ހަމެޖެހުން ބޮޑުވުމުގެ ސަބަބުން ގައުމުގައި ހިތުގެ ބައްޔާއި ލޭ މައްޗަށް ދިޔުން ފަދަ ބަލިތައް މަދުކަމަށް ފާހަގަކުރެވިފައިވެއެވެ. އޭގެ އިތުރުން ޑިމަކްރަސީއަށް ބަދަލުވެފައިވާ ގައުމުތަކުގައި އެކްސިޑެންޓްތައް މަދުވެ، ކެންސަރުވެސް މަދުވާ ކަަމަށް ދިރާސާއިން ހާމަކޮށްފައިވެއެވެ.
ޑިމަކްރަސީއާ ގުޅިގެން ހެދި ސާވޭ ދައްކާ ގޮތުން، އެގައުމުތަކުގެ އިންތިހާބު ހަމަޖެހިގެން ބާއްވާތީ މީހުންގެ ސްޓްރެސް ކުޑަވެ، ހަމެޖެހުން ބޮޑުވެއެވެ.
އަންނިއަށް އަނެއްކާވެސް ބާރުލިބުމުން އަހަރެމެންގެ ނަފްސާނީ ދުޅަހެޔޮކަން އިތުރުވެއްޖެ
ޑިމޮކްރެސީ ނޫން އެއްޗެއް ކާނެ ކަމެއްވެސް ނެތެއްނު. އިސްލާމީ ޝަރީޢަތާއި ފުށުއަރާ ނިޒާމެއްގައި ކޮން ދުޅަހެޔޮ ކަމެއް ހުންނާނީ ؟ މުސްލިމަކަށްވެ ހުރެ ލަދު ގަންނަންޖެހޭ ތިފަދަ ނިޒާމް ތައް ޕުރަމޯޓު ކުރަން . ރިސާރޗް އޭ ކިޔާފައި ދައްކާހާ ވާހަކައެއް ޤަބޫލެއް ނުކުރެވޭނެ.
ނިއުކްލިއަރ ޙަމަލާދިނީމަ އިންސާނުންގެ އުމުރު ވ ދިގުވޭ
ޑިމޮކްރެސީ ކުރިއަރުވަންވެގެން ދައްކާ ތާކުންތާކު ނުޖެހޭ ހޮޅިވާހަކަ! އިސްލާމީ ޝަރީޢަތާއި މީސްތަކުން ދުރުކުރުވުމަށްޓަކާ
ކުރާ މަކަރުވެރި ދިރާސާ!
ހެޔޮކޮންވިއްޔާ ތި ރާސާގެ ނަތީޖާއަކީ ޑިމޮކްރެސީގެ ސަބަބުން މީސްތަކުންގެ ސިއްހަތު ދައްވެ ހެޔޮއަޙްލާއްނެތި މީސްތަކުން ނަފްސާނީ ބަލިމަޑުކަމެއްގައި ވާތީއެވެ.
އެހެން ނުވާންވީ ކީއްވެތޯއެވެ؟
ތިބުނާ ޑިމޮކްރެސީއެއް އޮތް އެެއްމެ ވަރުގަދަ ގައުމު އެމެރިކާގެ އާބާދީގެ ބޮޑުބައެއް ފަލަމީހުންގެ ގޮތުގައި އެއޮތީ ޑިމޮކްރެސީގެ ސަބަބުން އެބައި މީހުންގެ ސިއްޙަތު ހަމަރަނގަޅުވީމަތޯއެވެ؟؟؟؟؟

ދުނިޔޭގެ އެންމެ އުމުރުދިގު ގައުމުތަކަކީ ރަސްކަން އޮންނަ ގައުމުތަކެއް، މިސާލަކަށް ޖަޕާން، ނޯވޭ، ޑެންމާކް ކަހަލަ ގައުމުތައް. ކެނެޑާ އާއި އޮސްޓްރޭލިޔާ އަކީވެސް ރަސްކަމެއްގެ ދެދައުލަތް، ޑެމޮކްރަސީއޭ ކިޔަނީ ކޯޗަކަށްތައް؟ ނަސޯރާއިން އުޅޭގޮތަށް އުޅުނީމަތަ ޑެމޮކްރަޓިކް އެވަނީ؟