ގިނަ ދުވަސް ތަކަކަށްފަހު، އެމެރިކާގެ މަޝްހޫރު ބޭންޑްއެއް ކަމަށްވާ "ޖޯނަސް ބުރަދާޒް" އިން މިދިޔަ މަހުގެ ފަހުކޮޅު ވަނީ އައު ލަވައެއް ގެނެސްދީފައެވެ. އަދި މި ލަވަ އަށްވަނީ ގިނަ ބައެއްގެ ތަރުހީބުވެސް ލިބިފައެވެ.

މަޝްހޫރު ލަވަކިޔުންތެރިޔާ އަދި ބަތަލާ ޕްރިޔަންކާ ޗޯޕްރާގެ ފިރިމީހާ ނިކް ޖޯނަސް އިންސްޓަގްރާމްގައި ޕޯސްޓްކުރި ފޮޓޯގެ ކެޕްޝަންގައި "ޝޫޓިން ސަމްތިން" ޖަހާފައިވާނީ އެމީހުންގެ އެހެން ލަވައެއް ނެރެން އުޅޭކަމުގެއިޝާރާތެއް ދިނުމުގެ ގޮތުންކަމަށް ބައެއް މީޑިއާ ރިޕޯޓްތަކުން ބުނެއެވެ. އެ ފޮޓޯގައި ނިކް ފެނިގެންދަނީ ރެޓްރޯ ލުކެއްގައެވެ.

ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު ނެރުނު "ސަކާ" އަކީ ވެސް ވަރަށް ހާއްސަ ގޮތަކަށް ގެނެސް ދިން ލަވައެކެވެ. އެގޮތުން ތިން މެމްބަރުންގެ ހަޔާތުގެ ބައިވެރިން ވެސް އެ ލަވައިން ދައްކައިލި އެވެ. އެއީ ޕްރިޔަންކާ އާއި ޖޯއީ ޖޯނަސްގެ ލޯބިވެރިޔާ އަދި ބަތަލާ ސޯފީ ޓާނާ އާއި ކެވިން ޖޯނަސްގެ އަންހެނުން ޑެނިއޭލް ޖޯނަސްއެވެ.

މި ލަވައިން އިވިގެންދަނީ ޖީނަސް ބްރަދާސް އެމީހުންގެ ހަޔާތުގެ ބައިވެރިންއާއި މެދު ދެކޭގޮތުގެ ވާހަކައެވެ. މި ލަވަ ޝޫޓްކޮށްފައިވަނީ ވަރަށް ކުލަގަދަ ކުލަގަދަ ގޮތަކަށް ތައްޔާރުކޮށްފައިވާ ލަންޑަންގެ ޝާހީ ގަނޑުވަރެއްގެ ތެރެއިންއެވެ.