އިންޑިއާގެ ޓަމިލް ނެޑޫގައި ހުންނަ އޭޓީއެމްއެއްގެ ތެރެއިން ހަރުފައެއް ފެނިގެން އެތައް ބަޔަކު ބިރުން ފިތްކަނޑައިގެންދާވަރުވެއްޖެއެވެ.

ކޮއިންބަތޫރްގައި ހުންނަ އެ އޭޓީއެމްގެ ތެރެއިން އެ ހަރުފަ ފެނިގެން ކަސްޓަމަރަކު ވަނީ އެކަން އޭޓީއެމްގެ ބޭންކްގެ ސަމާލުކަމަށް ގެނައެވެ. އަދި ހަރުފަ އެއްޗެހި ހިފާ އުޅޭ މީހެއްގެ އެހީގައި އެ ހަރުފަ ވަނީ އެ އޭޓީއެމްގެ ތެެރެއިން ނަގާފައެވެ.

އެ ހަރުފަ ފެނިފައި ވަނީ އޭޓީއެމްގެ އިލެކްޓްރިކް ކެބިނެޓް ފަހަތުގައި ފިލައިގެން ކަމަށް ވެއެވެ. އެ ހަރުފައިގެ ދިގުމިނުގައި ހަތަރު ފީޓް ހުންނާނެ ކަމަށް ވެއެވެ. އެ ހަރުފަ އޭޓީއެމް ތެރެއިން ނަގާ މަންޒަރު ފެންނަ ވީޑިއޯއެއް މީސް މީޑިއާގައިވެސް ދަނީ ދައުރުވަމުންނެވެ.

އިންޑިއާގައި އާއްމުކޮށް، ނުފެންނަ ތަންތަނުން ހަރުފަ ފަދަ އެއްޗެހި ފެނެއެވެ. އެކަން ނޫސްތަކުގެ ސަމާލުކަމަށް ވަރަށް ބޮޑަށް އާދެެއެވެ. އެގޮތުން އިއްޔެ ކެރެލާގެ ވޯޓު ވެރިފައި މެޝިނެއްގެ ތެރެއިންވެސް ވަނީ ހަރުފައެއް ފެނިފައެވެ. އަދި އެ ހަރުފަ ފެނިގެން އެ އެތަނުން ނަގާ އެއްވެސް ހަމަނުޖެހުމެއް ނެތި ވޯޓުގެ ކަންކަން ވަނީ ކުރިއަށްގެންގޮސްފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ކޯބުރާ

    ތައިލެންޑު މީހުންނަމަ ތި ހަރުފެނުނު ނަމަ ހަރުފަ ބިރުން ފިއްކަނޑު ވާލާނެއެވެ އެމީހުމް ހަދާލާނީ ހަރުފައިން މީރުކެއުމެކެވެ ނާސްތާއެކެވެ

    3
    1