އިންޑޮނޭޝިޔާގެ އަލިފާން ފަރުބަދައެއް ކަމަށްވާ މައުންޓް އަގަގް އަލިފާން ފަރުބަދަ މަތީގައި ސަކާރަތް ޖަހާ ނަފްސީ (ސެލްފީ) ނެގި ފަތުރުވެރިން ތަކެއް މީސް މީޑިއާގެ ސަމާލުކަން ހޯދައިފިއެވެ.

ފަތުރުވެރިން ފަރުބަދަ މަތީގައި ނަފްސީ ނަަގައި މަޖާކޮށްފައިވަނީ މިމަހު 18 ވަނަ ދުވަހުއެވެ. އޭގެ ތިން ދުވަސް ފަހު މި އަލިފާން ފަރުބަދަ ވަނީ ވަރަށް ބޮޑަށް ގޮވާފައެވެ.

އިންޑޮނޭޝިއާގެ ކަމާއިބެހޭ ފަރާތްތަކުން އޭގެ އެތަށް ދުވަހެއް ކުރިން މި އަލިފާން ފަރުބަދައާއި ކައިރިނުވުމަށް އެދި ނޯޓިސްތަކެއް މި އަލިފާން ފަރުބަދަ އާއި އެތަށް މޭލެއް ދުރުން ބަހަޓާފައިވެއެވެ.

މި ފަރުބަދަ މަތީ ނަފްސީ ނެގި ފަތުރުވެރިނެވެރިން ދުނިޔޭގެ ސަމާލުކަމަށް އައިސްފައިވާއިރު އިންޑޮނޭޝިއާގެ ކަމާއިބެހޭ ފަރާތްތަކުން މިހާރު ދަނީ މި މައްސަލާގައި މި ފަތުރުވެރިންނަށް ފިޔަވަޅު އަޅަން ތައްޔާރުވަމުންނެވެ.

އިންޑޮނޭޝިޔާގެ މި އަލިފާން ފަރުބަދަ ގޮވުމުގެ ސަބަބުން ދުމާއި އަޅި އަދި އަލިފާން ދެ ކިލޯމީޑަރު މައްޗަށް އަރައިގެން ދިޔަ އިރު ބާލީގެ ރައްޔިތުން ތިބީ ހާސްކަމެއްގެ ތެރޭގައިއެވެ.

އިންޑޮނޭޝިޔާގެ ޑިޒާސްޓާ އެޖެންސީން ވަނީ މި އަލިފާން ފަރުބަދަ ހިމެނޭ ސަރަހައްދުން މީހުން އެހެން ހިސާބުތަކަށް ބަދަލު ކުރަން ފަށާފައެވެ.

އަލިފާން ފަރުބަދައިން ބޭރުވާ އަޅިއާއި ދުންތައް އެކި ހިސާބުތަކަށް ފެތުރެން ފަށާފައިވާއިރު، މައުންޓް އަގަގް ހުރި ސަރަހައްދަށް ވޭތުވެ ދިޔަ ދުވަސްތަކުގައި ވަނީ ގިނަ ލޮޅުންތަކެއް އަރާ ދުން އަރާފައެވެ. އިންޑޮނޭޝިޔާގެ ވައިގެ ސަރަހައްދުގައި އަޅިއާއި އެކު ދުން ފެތުރިފައި ވުމުގެ ސަބަބުން، އެޤައުމުގެ ކަމާއި ބެހޭ ފަރާތްތަކަށް ވަނީ، އެޤައުމުގެ ބައެއް ވައިގެ ބަނދަރުތައް ބަންދު ކުރާށެވެ.

އަގަގް އަކީ 3،000 މީޓަރު އުސް ފަރުބަދަ އެކެވެ. އެ ފަރުބަދަ ހުންނަނީ ޓޫރިސްޓުންގެ މަގްބޫލްކަން ބޮޑު ބާލީގެ އިރުމަތީގައެވެ.

ކިޔުންތެރިންގެ ހިޔާލު