ޔޫގަންޑާގެ އުމުުރުން މިހާރު 39 އަހަރު ވެފައިވާ މަރިޔަމް ނަބަތަންޒީ ކައިވެނި ކުރީ އުމުރުން އެންމެ 12 އަހަރު ތެރޭގައެވެ. އޭނާ ވަނީ މިހާތަނަށް 44 ކުދިން ވިހާފައެވެ. ގަބޫލުކުރަން ދަތި ނަމަވެސް މިއީ ހަޤީޤަތެކެވެ.

މަރިޔަމް އަށް ވަނީ ހަ ފަހަރެއްގެ މަތިން އެއް މާބަނޑު 12 ލިބިފައެވެ. އަދި ހަތަރު ފަހަރަށް ކޮންމެ ފަހަރަކު އެއްމާބަނޑު ތިން ކުދިން ލިބުނެވެ. މީގެ އިތުރުން ފަސް ފަހަރަށް ކޮންމެ ފަހަރަކު އެއްމާބަނޑު ހަތަރު ކުދިން ލިބުނެވެ. އެ 44 ކުދިންގެ ތެރެއިން ހަ ކުދިން ވިހެއުމުގެ ތެރޭގައި މަރުވުމުގެ ސަބަބުން ދުނިޔޭގައި ތިބީ އޭނާގެ 38 ދަރިންނެވެ.

މީގެ ތިން އަހަރު ކުރިން މަރިޔަމްގެ ފިރިމީހާ ވަނީ އޭނާ އާއި ހުރިހާ ދަރިން ދޫކޮށްލުމަށް ފަހު ގޮސްފައެވެ. އެހެންކަމުން ދަރިންގެ ހުރިހާ ކަމެއް މިހާރު ބަލަހައްޓަމުން ގެންދަނީ މަރިޔަމް އަމިއްލަ އަށެވެ.

ފުރަތަމަ އެއްމާބަނޑު ދެކުދިން ލިބުމުން މަރިޔަމް އާއި އޭނާގެ ފިރިމީހާ ޑޮކްޓަރަށް ދެއްކިއެވެ. ޑޮކްޓަރުން ބުނީ ދޭތެރެ ދުރުކުރުމަށް ބޭނުން ކުރާ ބޭސް މަރިޔަމް ބޭނުން ކުރުމަކީ ރަނގަޅު ކަމެއް ނޫންކަމަށާއި އެބޭސް ބޭނުން ކޮށްފިނަމަ އޭނާ އަށް ސިއްހީ މައްސަލަތަކެއް ދިމާވެދާނެ ކަމަށެވެ.

މަރިޔަމް ދިރިއުޅެމުންދާ ސަރަހައްދަކީ ދޭތެރެ ދުރުކުރުމަށް ބޭނުން ކުރާ ބޭސް ފިޔަވައި އެހެން ވަސީލަތެއް ލިބެން ހުރި ސަރަހައްދެއް ނޫނެވެ. އަދި އޮޕަރޭޝަނެއް ވެސް ކުރެވެން ހުރި ހިސާބެއް ނޫނެވެ.

މަރިޔަމް ބުނީ ގިނަ ދަރިން ލިބުމަކީ އޭނާގެ ނަސީބު ކަމަށް ގަބޫލު ކުރާ ކަމަށާއި މިހާރު އުއްމީދަކީ އޭނާ އަށް ދިރިއުޅުމުގައި ނުލިބުނު އުފާ އޭނާގެ ދަރިންނަށް ހޯދައިދިނުން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ދަރިންނުލިބޭ

    ތިކަހަލަ ނިއުމަތެއް އެންމެނަށް ނުލިބޭނެ

    43
    3
  2. މަނިކު

    އަދިވެސް ރާއްޖޭގައި ރީތިވެގަނެގެން އުޅޭ ޅަނބާޅަ އަންހެން މީހާގެ ރެކޯޑު މުގުރައެއް ނުލެވޭނު އޭނައަށްވެސް ކިޔަނީ މަރިޔަމް އެކަމަކު އޭނަ 88 ކުދިން ވިހައިފި ޢުމުރުން 46 ވަނައަހަރުން ފެށިގެން އެކިއެކި ތަންތާގައި ވިހަމުންގޮސް ހުރިހާ އޮފީސްތަކަށްވެސް ވަދެ ބޮޑީގާޑުންގެ އެހީތެރިކަމާއެކު އެހެރަގެންދަނީ ވަޙުޝީ ޢަމަލުތައް ކުރާނެ މަގު ތަނަވަސް ކުރަމުން ކުރިޔަށް އޮތްތާގައި ވިހާނެ ޢަދަދެއްވެސް ނޭނގޭ

    3
    5
  3. އަޅުގަނޑު

    އަލްހަމްދު ލިﷲ

  4. ސޮނިފުހެ

    އޯ ގަދަ