ބޮލީވުޑްގެ ރަސްކަން ކުރަމުން އަންނަ ސަލްމާން ޚާންއަކީ ތަފާތު މީހެކެވެ. ދޭތެރެ ދޭތެެރެއިން އޭނާއާ ގުޅޭގޮތުން މައްސަލަ ފުލުހަށް ހުށަހަޅައެވެ. މިފަހަރު އޭނާއާ ގުޅޭގޮތުން ހުށަހަޅާފައި ވަނީ ޝަކުވާއެކެވެ.

މިފަހަރު ހުށަހަޅާފައިވާ ޝަކުވާއަކީ އިންޑިއާގެ މުމްބާއީގެ މަގެއްގެ މަތީގައި ބައިސްކަލެއްގައި ސަލްމާން ބައިސްކަލެއްގައި ދާ މަންޒަރު ވީޑިއޯ ކުރަން ހުރި މީހެއްގެ ފޯނު ޖަހާގަތްކަމަށް ބުނާ މައްސަލައެއްގެ ޝަކުވާއެެވެ..

ސަލްމާންގެ ވިީޑިއެއް ނެގުމަށް މަޑުކޮށްގެން ހުރި އޭނާގެ ފޭންއެއްގެ ފޯނު ސަލްމާން ޖަހާގަނެގެން ގެންދިޔަކަމަށް ބުނާ އެ ޝަކުވާ ހުށަަހަޅާފައި ވަނީ ޑީއެން ނަގަރް ޕޮލިސް ސްޓޭޝަނަށެވެ. އެ ޝަކުވާ ފުލުހަށް ހުށަހެޅިއިރު، އެ މީހާ ސަލްމާންގެ ވީޑިއޯ ނެގީ ބޮޑީގާޑްގެ ހުއްދަ ހޯދައިގެން ކަމަށް އޭނާ ބުންޏެވެ. އަދި ސަލްމާންގެ އިތުރުން އޭނާ ބޮޑީގާޑާއި ގުޅޭގޮތުންވެސް މައްސަަލައެއް ފުލުހަށް ހުށަހަޅާފައިވާކަމަށް ވެއެެވެ.

އެހެން ނަމަވެސް ސަލްމާންގެ ބޮޑީގާޑް ފުލުހަށް ދިން ބަޔާނުގައި ބުނީ، އެ މީހާ ސަލްމާންގެ ފަހަތުން ގޮސް ވީޑިއޯ ނަގަމުންދިޔައީ، ހުއްދަ ނުހޯދާކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު