އިންޑިއާގައި ޓިކްޓޮކް ބޭނުންކުރުން މަނާކުރި ކުރުން ނިމުމަކަށް ގެނެސްފިއެވެ.

މަދްރާސްގެ ހައި ކޯޓުން ވަނީ މިދިޔަ ބުދަ ދުވަހު ވަނީ ޓިކްޓޮކް ބޭނުން ކުރުން މަނާކުރި ކުރުން ނިމުމަކަށް ގެނައީ ވަކި ޝަރުތުތަކާއި އެކުގައިކަމަށް ބުނެފައެވެ. އެގޮތުން އެ އެޕް މެދުވެރިކޮށް ބެލުން ރަނގަޅު ނޫން މަންޒަރުތައް ނުގެނެސްދޭ މަތިން ކަމަށް ބުނެފައި ވެއެވެ.

އިންޑިއާގައި ޓިކްޓޮކް މަނާކުރީ އެ އެޕް ޖިންސީ ކަންކަމަށް ހިތްވަރުދޭތީ އާއި އަހްލާގީ ފެންވަރު ދަށް ވީޑިއޯލާކަމަށް ބުނެފައެވެ.

އެހެންވެ ޓިކްޓޮކް، އެ އެޕް ހޯސްޓްކުރާ ގޫގުލް އާއި އެޕަލް ސްޓޯރުން ބްލޮކްކުރިއެވެ. އެހެންވެ އެ އެޕް އަޅައިގެން އުޅުނު މީހުންނަށް ނޫނީ އެ އެޕް ބޭނުން ކުރެވޭ ގޮތް އެއިރު އޮތީ ނުވެފައެވެ. ނަމަވެސް މިހާރު އެ އެޕް ބޭނުން ކުރުން މަނާ ކުރި ކޯޓުން ވަނީ އަލުން އެ އެޕް ބޭނުން ކުރުމުގެ ހުއްދަ ދީފައެވެ.

އިންޑިއާގައި ޓިކްޓޮކް ބޭނުން ކުރެވޭ ގޮތް އަލުން ހެދުމާއެކު އެތައް ބަޔަކު ދަނީ މީސް މީޑިއާގައި ޝުއޫރު ފާޅު ކުރަމުންނެވެ.

އިންޑިއާގައި ބްލޮކް ކުރިއިރު އެ ގައުމުގެ އެ އެޕް ބޭނުން ކުރާ މީހުންގެ އަދަދު 120 މިލިއަނަށް އަރައެވެ. ޓިކްޓޮކްއަކީ ޗައިނާގެ އުފެއްދުމެކެވެ.

ކިޔުންތެރިންގެ ހިޔާލު