ބޮޑުދައިތައާއެކު ފައްޅިއަކަށް ދިޔަ އުމުރުން 12 އަހަރުގެ އަންހެން ކުއްޖަކު ރޭޕްކުރުމަށްފަހު ރަހުމް ކުޑަގޮތަކަށް މަރާލައިފިއެެވެ.
އިންޑިއާގެ ބޯޕަލްގައި މިހާދިސާ ހިނގިއިރު، އެ ކުއްޖާ ފައްޅިއަށް ގޮސްފައި ވަނީ އުމުރުން 16 އަހަރުގެ ބޮޑުދައިތައާއެކުގައެވެ. މި ހާދިސާ ހިނގިއިރު، އެ އަންހެން ކުއްޖާގެ ދައްތަ ދިޔައީ އެ ކުއްޖާ ގެއްލިގެން ހޯދަމުންކަމަށް ބުނެފައިވާކަމަށް ފުލުހުންނާއި ހަވާލާދީ ނޫސްތައް ބުނެއެވެ.
ރިޕޯޓްތައް ބުނާގޮތުގައި، އެ ކުއްޖާ ރޭޕްކޮށްފައި ވަނީ ދެ ފިރިހެނެއް ވެގެންނެވެ. އެ ކުއްޖާ ރޭޕް ކުރުމަށްފަހު ބޮލުގައި ގަލުން ޖަހާ މަރާލާފައި ވެއެވެ. އަދި އެ ކުއްޖާ އެތަނަށް އެއްލާލުމަށްފަހު އެ މީހުން ވަނީ ފިލާފައެވެ.
މިދިޔަ އަންގާރަ ދުވަހު މި ހާދިސާ ހިނގިއިރު، އެ ކުއްޖާ ރޭޕްގެ ކަންތައްކުގައި ބޮޑުދައިތަގެ އަތެއް ވެދާނެ ކަމަށް ފުލުހުން ތުހުމަތު ކުރެއެވެ.
އެ މައްސަލަ އެ ކުއްޖާގެ މައިންބަފައިންނާއި ހަމައަށް އައީ އެ ކުއްޖާ ގެއްލިގެން ހޯދަން ފެށުމުންނެވެ. އަދި އެ މައްސަލަ އިއްޔެ ފުލުހުންނަށް ހުށަހެޅިއިރު، އެ މައްސަައާ ގުޅިގެން އެ ކުއްޖާގެ ބޮޑުދައިތަ އާއި އިތުރު އަންހެން ކުއްޖަކު ވަނީ ހައްޔަރުކޮށްފައެވެ.
އިންޑިއާގައި ރޭޕް ކޭސްތަކުގެ މިންވަރު ދުވަހެއް ދުވަހަކަށް ދަނީ އިތުރުވަމުންނެވެ.
ކޮބާ އެއްކަލަ މަރޭމިތުރު؟؟ އޭނަ އެއޮތް ވަރަށް ޕްރޮމޯޓް ކުރާ އިންޑިޔާ މިއޮތީ!!!
ގެރިތައް ސަލާމަތުން ހުރީޔާ އެވެރިންނައް އެވީ