ރަމަޟާން މަހުގެ ރޯދައަކީ އެތައް ފައިދާތަކެއް ލިއްބައިދޭ ކަމެކެވެ. ޘަވާބާ ދަރުމައަށް ބަލާ އިރު، އަހަރު ތެރޭގައި އަންނަ އެންމެ މާތް މައްސަރެވެ. އަޅުކަމާ ތަގުވާގެ މައްސަރެވެ. އުހުރަވީ އެތއް ފައިދާއެއް ރޯދައިން ލިއްބައިދޭ އިރު، ރޯދައަކީ އިންސާނާގެ ސިއްހަތަށް އެތައް ފައިދާއެއް ލިއްބައިދޭ އަޅުކަމެއް ކަމަށް އެތައް ހޯދުންތަކެއް ހެކިވެއެވެ.

1- ސިކުނޑީގެ މަސައްކަތްތައް ހަލުވި ކޮށްލުން

އެމެރިކާގެ ޔުނިވާސިޓީއަކުން ކުރި ދިރާސާއަކުން ދައްކާ ގޮތުގައި، ރޯދައަށް ހުންނަ މީހާ، ވަކި ކަމަކަށް ފޯކަސް ކޮށް، އެކަމަކަށް ވިސްނުން ގެންގުޅުމުގެ ސަބަބުން ސިކުނޑީގެ ސެލްތައް އިތުރަށް އުފައްދަން މަޖުބޫރު ކުރެއެވެ. އޭގެ އިތުރުން އެޑްރިނަލިން ގްލޭންޑުން އުފައްދާ ހޯމޯން ކޯޓިސަލް މަދުވުމަކީވެސް ސިކުނޑީގެ ދުޅަހެޔޮ ކަމަށް މުހިއްމު ކަމެއް ކަމަށް ވެއެވެ.

2- ގޯސް ކަންތައްތަކުން އެއްކިބާވާން ލިބޭ ފުރުސަތެއް

ރޯދަ މަހަކީ ދީނީ އަގީދާ ވަރުދަކޮށް، މީހާ ގައިގައި ހުންނަ ގޯސް އެތައް ކަމަކުން ދުރުވާން ލިބޭ އެންމެ ބޮޑު ފުރުސަތެވެ. ހާއްސަކޮށް މީހާގެ ގައިގައި ހުންނަ ކަންނެއް ކަމުން ދުރުކޮށްލުމަށް ރޯދަ މަހުގެ ބޭނުން ކުރެވިދާނެއެވެ. އަދި އޭގެ އިތުރުން ދުންފަތުގެ އިސްތިއުމާލު ކުރާ މީހުންނަށްވެސް އެކަން ހުއްޓާލާ، ހަކުރުގެ ބާވަތްތައް އެކުލެވޭ ބުއިންތައް ހުއްޓާލުމަށްވެސް ފުރުސަތު ލިބިގެންދެއެވެ.

3- ހަށިގަނޑުގެ ކޮލެސްޓްރޯލް ލެވެލް ދަށްކޮށްލުން

ހަށިގަނޑުގެ ކޮލެސްޓްރޯލް ލެވެލް ރޯދައިގެ ސަބަބުން ދަށްކޮށްލައެވެ. ޔޫއޭއީގެ ކާޑިއޮލޮޖިސްޓް ޓީމަކުން ހެދި ދިރާސާއަކުން ދައްކާ ގޮތުން، ރޯދައިގެ ސަބަބުން މީހާގެ ލިޕިޑް ޕްރޮފައިލްއަށް ބަދަލުތަކެއް އާދެއެވެ. އެގޮތުން ކޮލެސްޓްރޯލް ލެވެލް ރޯދަ މަހު ވަރަށް ބޮޑުތަކުން ދަށްކޮށްލައެވެ.

ކިޔުންތެރިންގެ ހިޔާލު