ރޯދަ ހިފުމަކީ ކެންސަރުން ދުރުކޮށްދޭ ކަމެއް ކަމަށް ޖަޕާނުގެ މަޝްހޫރު ސައިންސްވެރިއެއް ކަމަށްވާ ޖޮޝިނޯރީ އޮޝްސުމީ ބުނެފިއެވެ.

ނޯބަލް ޕްރައިޒްވެސް ހޯދާފައި ސައިންސްވެރިޔާ ވަނީ ރޯދައިގެ ސަބަބުން ހަށިގަނޑުގެ ތެރޭގައި އުފެދޭ ނުތާހިރުކަން ނައްތާލަ، މުޅި ހަށިގަނޑު ސާފުކޮށްދޭނެ ގޮތް ކިޔައިދީފައެވެ. ހާއްސަކޮށް ހަށިގަނޑު ތެރޭގައި ހުންނަ ލޭ ރޯދަ ހިފުމުގެ ސަބަބުން ސާފު ވެގެންދާނެ ކަމަށް އޭނާ ކިޔައިދީފައިވެއެވެ. އޮޓޮފަޒޫނީ ނަމަކަށް ކިޔާ ހާއްސަ ޕްރޮގްރާމެއްގެ ދަށުން، އިތުރު ބައެއް ސައިންސްވެރިންނާއެކު އޭނާ ހިންގި ތަހުލީލުތަކުން އެނގިފައިވާ ގޮތުގައި، ރޯދައަށް ހުންނަ އިރު، ހަށިގަނޑަށް އަންނަން އުޅޭ ޖެނެޓިކް ބަދަލުތައް ނާންނަ ބާރެއް ލިބޭ ކަމަށާއި، އޭގެ ސަބަބުން ކެންސަރާވެސް ދުރުކޮށްދޭ ކަމަށެވެ.

ތަހުލީލުތަކުން ދައްކާ ގޮތުގައި، ތިން ދުވަހު ރޯދަ ހިފުމާއެކު ހަށިގަނޑުގެ ދިފާއީ ނިޒާމް މުޅިން އެއްކޮށް އާކޮށްލައެވެ. އަދި އެކަމަށް އެންމެ އެކަށޭނެ ގޮތަކީވެސް މުސްލިމުން ހިފާ ރޯދަ ކަމަށް އެ ދިރާސާގައި ބުނެފައިވެއެވެ.

ދިރާސާގައި ބުނެފައިވާ ގޮތުން، މުސްކުޅި އުމުރުގެ މީހުންނަށްވެސް ރޯދައިގެ ސަބަބުން ސެލްތައް ވަރުގަދަވުމަށް ބާރު ލިބިދެއެވެ. އެގޮތުން ސެލްތަކުގައި އެކުލެވޭ މާއްދާތައް ސާފުކޮށްލުމުގެ ސަބަބުން ދާއިމީ އެތައް ބައްޔަކާ ދުރުހެލިވުމަށް ސެލްތަކަށް ދިފާއީ ނިޒާމް ލިއްބައިދޭ ކަމަށްވެސް ދިރާސާގައި ބުނެފައިވެއެވެ.

ރޯދައަކީ ދުނިޔަވީ އަދި އުހުރަވީ އެތައް ފައިދާތަކެއް ލިއްބައިދޭ މަތުވެރި އަޅުކަމެއްކަން މީގެ ކުރިން ގުރުއާނުގައިވެސް އަންގަވާފައިވެއެވެ. އަދި މިއަދާ ހަމައަށް ސައިސްވެރިނ ކުރި ދިރާސާތަކަށް ބަލާ އިރުވެސް، ރޯދައަކީ ނުހަނު ފައިދާ ބޮޑު އަޅުކަމެއްކަން ވަނީ އެނގިފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ބުއްދި

    ދެން ކީއްވެ އެމީހުންތައް އީމާން ނުވެ އެޢުޅެނީ،، ނޫން ތީ ހަމަ މޮޅުކަމާއި މަސްހޫރުކަން ދައްކަން ކިޔާ އެއްޗެއް. އަދި އެމީހުންނަށް އެ އިލްމު އެހޯދުނީ ވެސް އެމީހުންގެ މޮޅުކަމަކުން ނޫނެއެވެ. ދިރާސާކުރި ވަރަކށް ހައްގު ދީން ފާޅުވާނީ.. ހަގީގީ ބުއްދިވެރިން އީމާންވޭ.. އެހެން ވެރިންގެ ނުފޫޒުން އެއްކިބާވެ، ހައްގު ދީނަށް ނަސްރުދެއެވެ.