އިންޑިޔާގެ ވަރަނަސާއީގެ ހޮސްޕިޓަލެއްގައި ކުރި އޮޕަރޭޝަނެއްގައި މީހެއްގެ ބަނޑުތެރެއަށް ދެ ސިރިންޖުލުމަށްފަހު، ފެހި މައްސަލައެއް ފެންމަތިވެއްޖެއެވެ.

އެޤައުމުގެ ނޫހެއްކަމަށްވާ "އިންޑިޔާ ޓައިމްސް" އިން ބުނެފައިވާގޮތުން، އޮޕަރޭޝަންކުރި ބަލިމީހާއަކީ އަންހެނެކެވެ. އަދި، އެމީހާ އެއޮޕަރޭޝަން ކޮށްފައި ވަނީ ސްޓެރެލައިޒޭޝަނަށެވެ.

މި އޮޕަރޭޝަން ކުރި ހޮސްޕިޓަލުން، މިފަދަ އެހެން ގިނަ މައްސަލަތަކެއް ވެސް ފެންމަތިވެފައިވާކަމަށް އިންޑިޔާ ޓައިމްސް ނޫހުން ބުނެފައިވެއެވެ. އެގޮތުން، 2013 ވަނަ އަހަރު ސިޒޭރިއަން ހެދި އަންހެނެއްގެ ބަނޑުތެރެއިން މަސްކޮޅުކޮޅާއި ކަފަކޮޅުކޮޅުވެސް ފެނިފައިވާކަމަށާއި އެހެން މީހެއްގެ ބަނޑުތެރެއިން ތިން ސިރިންޖުވެސް ފެނިފައިވާކަމަށް ބުނެފައިވެއެވެ.

ބަނޑުތެރެއިން ދެ ސިރިންޖު ފެނުނު މީހާގެ އޮޕަރޭޝަން ކުރި ޑޮކްޓަރުގެ ނަން އާއްމުކޮށްފައި ވީނަމަވެސް، އޭނާގެ އެއްވެސް ތަޙުޤީޤެއް ފުލުހުން ކުރިއަށް ނުގެންދާކަމަށް ވެސް ނޫސްތަކުން ބުނެއެވެ. އެހެން ނަމަވެސް، އެހޮސްޕިޓަލުން އެކަން އިތުރަށް ބަލަމުންދާކަމަށް އިސް މެޑިކަލް އޮފިސަރާ ހަވާލާދީ ނޫސްތަކުން ބުނެފައިވެއެވެ.

އޮޕަރޭޝަންގެ ތެރޭގައި ބަލި މީހުންގެ ބަނޑު ތެރެއަށް އޮޕަރޭޝަން ކުރަން ބޭނުން ކުރާ ބައެއް ސާމާނު ދޫކޮށްލުމުގެ މައްސަލަތައް މީގެ ކުރިން ވެސް އެކި ގައުމުތަކުގައި ފެންމަތިވެފައިވެއެވެ. އެތައް އަހަރެއް ވަންދެން ބައެއް ފަހަރު މިފަދަ އެއްޗެހި ބަނޑު ތެރޭގައި ހުރުމުން ބައެއް މީހުންގެ ފުރާނަ އަށް ނުރައްކާވާ ހިސާބަށް ވެސް ކަންތައްތައް ގޮސްފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު