އެތައް ބިލިއަން އުދުހޭ ހިނީގެ "ތޫފާނެއް"، ޖައްވުގައި ދައުރުކުރާ ސެޓެލައިޓުތަކުން ނަގާފައިވާ ފޮޓޯތަކަށް އަރައިފިއެވެ. އިނގިރޭސިވިލާތަށް މިދިޔަ ހަފްތާގައި އެރި މި "ތޫފާނު"ގެ ފޮޓޯތައް މިހާރު މީސްމީޑިއާގައި ދައުރުވަމުންދާއިރު، އެޤައުމުގެ ގިނަ ބަޔަކަށް މި މަންޒަރު ހަމަލޮލަށް ފެނިފައި ވެއެވެ.

އިނގިރޭސިވިލާތުގެ މޫސުމާއި ބެހޭ އިދާރާއިންވެސް މިހާރު މި ފޮޓޯތައް އާންމުކޮށްފައިވާއިރު، އެ އެއިދާރާއިން ބުނީ، އިދާރާއިން އެއްކުރި މައުލޫމާތައް ބަލާއިރު، އުދުހޭ ހިނި ދަތުރު ކުރި ސަރަޙައްދުތައް އެ އިދާރާގެ ރާޑަރުތަކަށް އަރާފައި ވަނީ ވިއްސާރަ ވިލާތަކެއްގެ ސިފައިގައި ކަމަށެވެ.

އިނގިރޭސިވިލާތަށް ކޮންމެ އަހަރަކުވެސް އުދުހޭ ހިނީގެ "ތޫފާން" އަރައެވެ. ކޮންމެ އަހަރަކުވެސް އެޤައުމުގެ ބައެއް ސަރަޙައްދުތަކަށް މިފަދަ ހިނީގެ އުނދަގޫ އެއް ދުވަސް ވަންދެން ކުރިމަތިވާކަމަށް ވެއެވެ. އެތައް ބިލިއަން ހިންޏެއް ހިމެނޭހެން މި ހިނިތައް އެއްތަނުން އަނެއް ތަނަށް ދަތުރުކުރަނީ މޫސުމަށް އަންނަ ބަދަލެއްގެ ސަބަބުންނެވެ.

އުދުހޭ ހިނި އެއްތަނުން އަނެއް ތަނަށް އެއްވަގުތެއްގައި ދަތުރުކުރާއިރު އެކަމުގެ އުނދަގޫ އިންސާނުންނަށް ކުރިމަތިވީ ނަމަވެސް، މިއީ އިންސާނުންނަށް ސީދާ ނުރައްކަލެއް ކުރިމަތިކުރާ ސޫތްޕެއް ނޫނެވެ. ނަމަވެސް ބައެއް ޖަނަވާރުން މި ސޫފި ކެއުމުން، އޭގައި ހިމެނޭ އެސިޑެއްގެ ނުރަނގަޅު އަސަރު ކުރާކަން ހޯދުންތަކުން އެނގެއެވެ.