ލޯބީގެ ގޮތުން ގުޅޭނެ މީހެއް ހޯދުމަކީ އުދަގޫ ކަމެކެވެ. ގިނަ ފަހަރަށް ތިމާއަށް ބޭނުންވާ ކޮންކަހަލަ މީހެއްކަމެއް ނޭންގެނީއެވެ.
ގިނަ އަންހެނުން ޤަބޫލު ކުރާގޮތުގައި ތުބުޅިލާފައި ތިބޭ ފިރިހެނުންނާއި ލޯބީގެ ގޮތުން ގުޅުމަކީ އެގުޅުން ގިނަ ދުވަހަށް ދެމިގެންދާނެ، އަދި ތިމާ އެގުޅުމުގެ ސަބަބުން އުފާވެރިކަން ލިބޭނެ ގުޅުމެކެވެ. މިގޮތަށް ޤަބޫލު ކުރާ މީހުން މިހެން ބުނާ ސަބަބުތަކުގެ ތެރެއިން ބައެއް ސަބަބުތައް ތިރީގައި އެވަނީއެވެ.
ތުބުޅި ދިގު ފިރިހެނުންނަކީ ސިއްޙީގޮތުން ރަނގަޅު މީހުން
ދިރާސާގޮތުން ދައްކާގޮތުގައި ތުބުޅީގެ ސަބަބުން މޫނުގެ ބޮޑު ބައެއް ފޮރުވިފައި ހުރުމުގެ ސަބަުން 90 އިންސައްތަ އަލްޓްރާ ވައިލެޓް ރޭޑިއޭޝައިން މީހާގެ މޫނު ސަލާާމަތްކޮށްދެއެވެ. އަދި މިކަމުގެ ސަބަބުން އަވަހަށް މުސްކުޅިވުންފަދަ ބަލިތަކުންވެސް ސަލާމަތްކޮށްދެއެވެ.
ސާފުތާހިރުވާނެ
ބޮޑު ތުބުޅިއެއް ގެންގުޅުމަކީ ވަރަށްވެސް އުދަގޫކަމެކެވެ. އަދި މިއީ ސާފުތާހިރު މީހަކަށް ނޫނީ ވާނެ ކަމެއް ނޫނެވެ. މިހެންކަމުން ދިގު ތުބުޅިއެއް ލާފައި ތިބޭ ގިނަ މީހުންނަކީ ސާފުތާހިރު މީހުންނެވެ.
ތުބުޅިދިގުކޮއްގެން ސާފުތާހިރުނޫންމީހުން ބައިވަރު އެބައުޅޭ މީކޮންކަހަލަ ދިރާސާއެއްތަ
މަގޭ ބިޓުސޮރުވެސް ތުނބުޅި ހުންނާތީ ވަރަށް ހޭންޑްސަމް?? އެކަމު ތުނބުޅި ދިގުކޮށްލާފިއްޔާ އެސޮރުގެ އިސްކޮޅު ކުރުކަމުން މީހާވެސް ނުފެނޭ....?
ލޮލް.. ތުނބުޅީގަ ކުޅާ އޭތި މީތި އުނގުޅިފަ ހުންނަ މީހުން ވެސް އުޅޭ.. އެންމެ ޕޮއިންޓެއް ބޮޑު ދިރާސާއެއްގަ
ރާމާ މަކުނަކާ ހިތާވާންވީނުން.....
މަުލޫމާތު ރަނގަޅެއްނޫން. ތުނބުޅިލާފާތިބޭ ގިނަމީހުންނަކީ ސާފުތާހިރު ނޫންމީހުން. މަދުމީހަކު ތުނބުޅިސާފުކޮށް ގެންގުޅެނީ.
މުސްކުޅިވުން އެއީ ބައްޔެއްކަން އެނގުނީ އަދި ކިރިޔާ!!