ބޮލީވުޑްގެ ބަތަލާ ޕްރިޔަންކާ ޗޯޕްރާގެ އުފަން ދުވަހާއި ދިމާކޮށް އޭނާ ދަނީ ފްލޮރިޑާގެ މިއާމީގައި ޗުއްޓީ ހޭދަކުރަމުންނެވެ. އޭނާ ޗުއްޓީ ހޭދަކުރަމުގެ ތެރޭގައި ސިނގިރެޓް ބޯން އިނދެ ނަގާފައިވާ ފޮޓޯއަކަށް އާއްމުންގެ ބޮޑު ސަމާލުކަމެއް ލިބި، މިހާރު މީސްމީޑިއާގައި އެތައް ބަޔަކު ދަނީ އެ ފޮޓޯގެ ވާހަކަދައްކަމުންނެވެ.

ޓްވިޓާގައި އެއްބަޔަކު ބުނަމުން ދަނީ އުމުރުން 37 އަހަރުގެ ޕްރިޔަންކާ އަސްތަމާ ހުންނަ ކަމަށް އޭނާ ބުނެފައިވާކަމަށެވެ. އެހެން ބުނެފައިވާ ވީޑިއޯއެއްވެސް ދަނީ ދައުރުވަމުންނެވެ. އެ ވީޑިއޯގައި އޭނާ ދިޔައީ އިންހޭލާ އެއް ޕްރޮމޯޓް ކުރަމުންނެވެ. އަދި ޔުނިސެފްގެ ގުޑްވިލް އެމްބެސެޑަރުގެ ހައިސިއްޔަތުން ޕްރިޔަންކާ ދިން މެސެޖެއްގެ ވީޑިއޯއެއްގެ ވާހަކަވެސް ގިނަ ބަޔަކު ދަނީ ދައްކަމުންނެވެ. އެ ވީޑިއޯގައި ބުނެފައިވަނީ ދިވާލީ ފާހަގަކުރުމަށް ހަވާ އެރުވުމާއި ފަޓާސް ފަދަ ފަޔަރ ކްރޭކަރު ބޭނުން ކުރުމަކީ ރަނގަޅު ކަމެއް ނޫންކަމަށާއި އެކަމުން ވައި ތަޣައްޔަރުވާކަމުގައެވެ.

މިހާރު މީސް މީޑިއާގައި ދައުރުވެފައިވާ ޕްރިޔަންކާ ސިނގިރެޓް ބޯ ފޮޓޯގައި އޭނާގެ ފިރިމީހާ ނިކް ޖޮނަސް އާއި މަންމަ މަދޫ ޗޯޕްރާވެސް ފެނިގެން ދެއެވެ. އެ ފޮޓޯގައި އެ މީހުން ތިބީ ޔޮޓެއްގެ ތެރޭގައެވެ. އެ ފޮޓޯތަކުގައި މަދޫވެސް ސިނގިރެޓް ބޯ މަންޒަރު ފެނެއެވެ.

ހަވާ ނާރުވާށާއި އެފަދަ ކަންކަން ނުކުރުމަށް ޤައުމަށް ނަސޭހަތްތެރިވެފައި އަމިއްލަ ކައިވެނި ހަފްލާގައި ހަވާ އެރުވުމުން ޕްރިޔަންކާއަށް ފާޑުކިޔުންތައް އަމާޒުވިއެވެ. އަދި އޭނާ ކުރު ހެދުމުގައި އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރާ މޯދީ އާއި ބައްދަލު ކުރުމުން އެކަމާއިވެސް އޭނާއަށް ފާޑުކިޔުންތައް އަމާޒުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. މޮހަނު

    ޕްރިޔާންކާ ކޮންމެ އެއްޗެއް ބުއިއްޔާ އަހަރެމެންނަށް ކީއް

    67
    4
    • HOSPITALITY

      ?

      19
      1
    • ޖޯކު

      ނަސީބެެއް އެހެން އެއްޗެއް ނުބުއި ކަން

      11
      1
    • ހުދު

      މީހުން ގެއިންނުނެރި ރަތުރަނެއްހެން ބަލަހައްޓާ އަންހެންދަރިޔަކު އަލަށް ސިނގިރޭޓެއް ޓެސްޓް ކޮށްލިތަން ފެނިއްޖިއްޔާ ނޫސްތަކަށް އަރަންވާނެތާ މޮހަނާ. އަލަށޭ އެމަންޖެ ރަހަވެސް ބެލީ

      10
      2
  2. Anonymous

    އަހަރުމެން ދިވެހިން ސނގިރޭޓު ބޯތީ އެވާހަކަ ނުދައްކަނީ ކީއްވެ

    14
  3. ޝަހުމާ

    ސުނިޔާންކާ ވެސް ދެން ސިނގިރޭޓު ބޯނެ..

    13
    1
    • ޖިމް

      ޕްރިޔަންކާ އެތެރެފުށް ވަރަސްވެސް ކަޑަދޯ