އިންޑިއާގެ އުއްތަރްޕްރަދޭޝްގެ އޮމްރޯހާ ޑިސްޓްރިކްޓުގައި، ފިރިހެނަކު، އޭނާގެ އަނބިމީހާ ތިންފަށް ވަރިން ވަރިކޮށްފައި ވަނީ އީދަށް ހާއްސަކޮށް ފިރިމީހާއަށް އާ ކުރުތާއެއް ނުދިނުމުންނެވެ. އިންޑިއާގައި ތިން ފަށްވަރިން ވަރިކުރުމަކީ މަނާ ކަމެކެވެ.

އިންޑިއާގައި ތިން ފަށް ވަރި ކުރެވޭ އުސޫލަކީ ގާނޫނާ ހިލާފު އުސޫލެއް ކަމަށް އެ ގައުމުގެ ސްޕްރީމްކޯޓުން ވަނީ ކަނޑައަޅާފައެެވެ.

އޭނާ ބުނީ، ފިރިމީހާއަކީ މިހާރު ޖަލުގައި ދުވަސްތައް ހޭދަކުރަމުން އަންނަ މީހެއް ކަމަށާއި، ފިރިމީހާ އޭނާ ކައިރީ އެދުނީ އީދަށް ހާއްސަކޮށް އާ ކުރުތާއެއް ގަތުމަށް ކަމަށެވެ.

"އަހަންނަށް އެކަން ނުކުރެވުނީ އަހަރެންނަށް ފައިސާ ނުލިބިގެން"

މުރުޝިދާ ނަމަކަށް ކިޔާ އެ އަންހެން މީހާ ބުނީ، އެކަމާއި ފިރިމީހާ އާއި ޒުވާބު ކުރީ، އޭނާ ފިރިމީހާއާއި ބައްދަލު ކުރަން ދިއުމުން ކަމަށެވެ. އަދި އެތަނުގައި ފިރިމީހާ އޭނާ ތިންފަށް ވަރިން ވަރި ކުރި ކަމަށްވެސް މުރުޝިދާ ބުންޏެވެ.

"އަހަރެން އެކަން ހަމައަކަށް އެެޅުމަށް އޭނާގެ އާއިލާގެ ދެ މީހުންވެސް ފޮނުވިން، އެކަމަކު އަނެއްކާ އެ އާއިލާ މީހުން ކުރިމަތީގައި ފިރިމީހާ އަހަރެން ތިން ފަށް ވަރިން ވަރިކުރި" އިންޑިއާގެ އޭއެންއެސް ނޫހަށް މުރުޝިދާ ބުންޏެވެ.

އޭނާގެ ފިރިމީހާއަކީ މަރުގެ މައްސަލައެއްގައި 2014 ވަނަ އަހަރުން ފެށިގެން ޖަލު ހުކުމެއް ތަންފީޒު ކުރަމުން އަންނަ މީހެކެވެ. ފުލުހުން މިހާރު ދަނީ އެ އަންހެން މީހާ ތިންފަށް ވަރިން ވަރިކުރި މައްސަލަ ބަލަމުންނެވެ.

 

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޙަސަނު

    މިކަހަލަ ފިރެހެނުން މިއުޅެނީ. ޢަދިވެސް އަންހެނުންނޭ ކިޔާނެ