ފުލޮރިޑާގެ އަންހެނަކު ޗެސީ ޖޯންސް އަދި އެނޭގެ ހަތަރު ކުދިން ގެލިގެން ހޯދަމުން ދަނިކޮށް މެރިއަން އެމީހުންގެ ހަށިގަނޑުތައް ޖެސީގެ ފިރިމީހާ އަދި ހަތަރު ކުދިންގެ ބައްޕަ މައިކަލް ވެން ޖޯންސްގެ ވޭންގެ ތެރެއިން ފެނިއްޖެއެވެ.

ފޭސްބުކު ޕޯސްޓެއްގައި ޝެރަފްގެ އޮފީހުން ބުނި ގޮތުގައި މައިކަލް ޖޯންސް ވަނީ އެނާގެ ހަތަރުދަރިން ވެސް މަރާލާފައި ކަމަށް ތުހުމަތު ކުރެވެއެވެ. އެއީ ކެމެރަން ބުރައުންސް 10، ޕެރެސްޓަން ބުރައުސް 5؛ މާސެލީ ޖޯންސް 2؛ އިޔާނާ ޖޮންސް 1 އެވެ.

ޗެސީ އާއި އޭނާގެ ހަތަރު ދަރިން ގެއްލުނީ މީގެ މަހެއްހާ ދުވަސް ކުރިންނެވެ. ނަމަވެސް މިހާ ހިސާބަށް އެމައްސަލައިގައި ފުލުހުންނަށް މާބޮޑު ކުރިއެރުމެއް ނުލިބެއެވެ.

ބެލެވޭ ގޮތުގައި މައިކަލް ޖޯންސް އޭނާގެ އަނބިމީހާ އާއި ހަތަރު ދަރިން ވެސް މަރާފައި ވަނީ ފްލޮރިޑާގައި އެމީހުން ދިރިއުޅެމުން އައި ގޭގައެވެ. ހުރިހާ އެންމެން މަރާލުމަށް ފަހު ހަށިގަނޑުތައް ނައްތާލުމަށް އޭނާ ވަނީ ހުރިހާ ހަށިގަނޑުތަކެއް ވޭނަށް އަރުވާފައެވެ. ނަމަވެސް މިހައި ދުވަސް ވަންދެން ވޭނުގެ ތެރޭގައި މީހުންގެ ހަށިތައް ބެހެއްޓީ ކީއްވެ ކަމެއް އަދި ސާފެއް ނުވެއެވެ.

ފުލުހުން ބުނެފައިވާ ގޮތުގައި މައިކަލް ޖޯންސް މިހާރު ވަނީ ހައްޔަރުކޮށްފައެވެ. އޭނާ ހައްޔަރު ކުރީ މީހަކު މަރާލި މައްސަލައެއްގައި ހައްޔަރު ކުރަން ނެރުނު ކޯޓު އަމުރެއްގެ ދަށުންނެވެ. ނަމަވެސް އަދި އޭނާގެ މައްޗަށް ދައުވާއެއް ނުއުފުލައެވެ.

އެމެރިކާގެ މީޑިއާތަކުން ބުނާ ގޮތުގައި އޭނާގެ މައްޗަށް ވަރަށް ގިނަ ދައުވާތަކެއް އުފުލާނެ ކަމަށް ބެލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު