އިނގިރޭސި ވިލާތުގައި 80 އަހަރުގެ މީހަކު މަރާލި ކަމުގެ ތުހުމަތުގައި 18 އަހަރުން ދަށުގެ ތިން އަންހެން ކުދިން ހައްޔަރުކޮށްފިއެވެ.

ޚަބަރުތައް ބުނާ ގޮތުގައި އެގައުމުގެ ކެމްބްރިޖްޝަޔަރގެ ވިސްބެޗްއަށް ނިސްބަތްވާ އެ މީހާ މަރާލި ކަމުގެ ތުހުމަތަށް ހައްޔަރުކޮށްފައިވަނީ 12 އަހަރުގެ އަންހެން ކުއްޖަކާއި 14 އަހަރުގެ އަންހެން ކުއްޖަކާއި 16 އަހަރުގެ އަންހެން ކުއްޖެކެވެ. މި ތިން ކުދިން ހައްޔަރުކުރުމަށްފަހު އެމައްސަލައިގެ ތުހުމަތަށް 20 އަހަރުގެ ފިރިހެނަކުވެސް ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ.

އުމުރުން 80 އަހަރުގެ އެމީހާ މަރުވެފައިވަނީ ހާޓް އެޓޭކެއް ޖެހިގެން ކަމަށް ޚަބަރުތައް ބުނެއެވެ. ނަމަވެސް ތިން އަންހެން ކުދިންނާއި ފިރިހެނަކު ހައްޔަރުކުރީ އެ ކޭސްގައި ޝައްކު ކުރެވޭ ކަންތައްތަކެއް ހުރުމުންނެވެ. އެ މީހާ މަރުވި އިރު ބޭރު ފުށުން އެއްވެސް އަނިޔާއެއް ފެންނަ ނެތް ނަމަވެސް އެމީހާ އުޅުނު ގެ ކައިރީ ވިނަގަނޑެއްގެ ތެރެއިން މަރުތޭލެއް ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ޚަބަރުތައް ބުނާ ގޮތުގައި ހައްޔަރު ކުރި ހަތަރު މީހުންގެ ތެރެއިން 12 އަހަރުގެ އަންހެން ކުއްޖާއާއި 20 އަހަރުން ފިރިހެން މީހާ ވަނީ ވަގުތުން ދޫކޮށްލާފައެވެ. ނަމަވެސް 14 އަހަރާއި 16 އަހަރުގެ ދެ އަންހެން ކުދިން އަދިވެސް އެމައްސަލާގައި ހިމެނެއެވެ. ނަމަވެސް އެ ދެކުދިން ކަފާލާތުގެ ދަށުން އޮކްޓޯބަރު މަހުގެ 25 ވަނަ ދުވަހާ ހަމައަށް މިނިވަން ކޮށްފައިވާ ކަމަށް ވެއެވެ.

ކިޔުންތެރިންގެ ހިޔާލު