އިނގިރޭސިވިލާތަށް ނިސްބަތްވާ މި އަންހެން މީހާ ކޮންމެ ދުވަހަކުވެސް އެތައް ފަހަރަކު ހުއްޓުމެެއްނެތި އުކުނޑި ކޮއްޓައެވެ. އޭނާ މިގޮތަށް އުކުނޑި ކޮއްޓަމުން އަންނަތާ 12 އަހަރުވެއްޖެއެވެ.

ލީސާ ގްރޭވްސް ބުނީ، އޭނާ އުކުނޑި ކޮއްޓަން ފަަށާފައި ހުއްޓެނީ ނޫން ކަމަށާއި، ހުއްޓުމެއް ނެތި ދުވާލަކަށް 100 ފަހަރުވެސް އުކުނޑި ކޮއްޓޭ ކަމަށެވެ.

ކާޓާސް ނިއުސް އަށް ދިން އިންޓަވިއުއެއްގައި ގްރޭވެސް ބުނީ، އޭނާ އުކުނޑި ކޮއްޓާ އަޑު ވަރަށް ގަދަކަމަށެވެ. އަދި ހީވަނީ ކުއްތާއެއް ތަދުވެގެން ގޮވާހެން ކަމަށްވެސް އޭނާ ބުންޏެވެ. އަދި ބައެއް ފަހަރު ބައެއް ހާލަތްތަކުގައި އޭގެ އަޑު ވަރަށް ގަދަވާ ކަމަށް އޭނާ ބުންޏެވެ.

މިހާރު އުމުރުން 31 އަހަރުވެފައިވާ ގްރޭވްސް އަށް މިކަންތައް ދިމާވާން ފެށީ އޭނާ ފުރަތަމަ ދަރިފުޅު ވިހެއި ފަހުންނެވެ. އެއީ 2008 ވަަނަ އަހަރުއެވެ.

އޭނާ ބުނިގޮތުގައި، އޭނާ ވިހެއި ދަރިފުޅު، ވިހެއި އިރު ސިއްހަތުވެސް ވަރަށް ރަނގަޅެވެ. އެހެން ނަމަވެސް އެއަށްފަހު އޭނާއަށް ދިމާވީ މި އުކުނޑި ކޮއްޓުމުގެ ކަންތަކާއެވެ.

އުކުނޑި ކޮއްޓުމަކީ އާއްމުކޮށް ދިމާވާ ކަމެކެވެ. އުކުނޑި ކޮއްޓަން ފަށާ ގަޑިއެއްގެ ތެރޭގައި އެކަން ހުއްޓެއެވެ. މިގޮތަށް އަޑުހަރުކޮށް އުކުނޑި ކޮއްޓުމަކީ ވަރަށް މަދުން ނޫނީ ނުފެންނަ ކަމެކެވެ. މިގޮތަށް އާއްމުކޮށް ވަނީ ފިޒީ ބުއިންތައް ބޮއެގެންނެވެ.

ނަމަވެސް މި އަންހެން މީހާއަށް ދިމާވެފައިވާ މައްސަލަ ވަރަށް ތަފާތެވެ.

ކިޔުންތެރިންގެ ހިޔާލު