މަގުމަތީގައި އަހަރެމެން ހިނގާފައި އުޅޭ އުޅުމުގައި އާއި އުޅަނދު ތަކުގައި ދުއްވާފައި ދާ ވަގުތު ތަކުގައި ހިތްހަމަނުޖެހޭ ކަންކަމާއި އަދި އެހައިމެ ރުޅި އަންނަ ކަންކަމާއިވެސް ދިމާވެއެވެ. މިފަދަ ކަމެއް ކުރިމަތިވުމުން، ބައެއް މީހުން މަގުމަތީގެ އަދަބުތަކަށް އިޙްތިރާމް ކުރުމުގެ ގޮތުން ހަނު ހުރި ނަމަވެސް، އަނެއް ބަޔަކު އަޑުގެ ނެތްކޮޅަށް ހަޅޭއްލަވާތަން ވަރަށް ގިނައިން ފެނެއެވެ. އެހެނަސް، އިނގިރޭސިވިލާތުގެ މަގުތައް މަތިން ދެން މި މަންޒަރެއް ނުފެންނާނެއެވެ.

އެ ޤައުމުގެ މަގުތައް މަތިން މި މަންޒަރު ނުފެންނަންވީ ވަރަށް ރަނގަޅު ސަބަބެއް އެބަ އޮތެވެ. އެހެނީ، މިފަދަ އަމަލެއް ކޮށްފި މީހަކު 1000 ޕައުންޑް ނުވަތަ 21556 ރުފިޔާ އިން ޖޫރިމަނާ ކުރާން ނިންމާފައި ވާތީއެވެ.

އިނގިރޭސިވިލާތުގެ އެސެމްބްލީ ޓްރާންސްޕޯޓު ކޮމިޓީ އިން މިގޮތަށް ކަންތައް ކުރަން ނިންމާފައި ވަނީ ބޮޑަށް ރުޅި ގަދަވެގެން އުޅޭ ޑްރަވައިރަނުންނަށެވެ. އެހެނީ، އެ ކޮމިޓީ އިން ކުރި ދިރާސާ ތަކުން ދައްކާ ގޮތުން މަގުމަތީގައި ޑްރައިވަރުން ރުޅިގަދަވެ، އަޑުގަދަ ކުރަމުން ދުއްވަމުން ދާއިރު މަގުމައްޗައް ދޭންވީ ސަމާލުކަން ނުދެވި، އެހެން ޑްރަވައިރުންގެ ސަމާލުކަންވެސް ގެއްލި، ނުރައްކާތެރި ހާދިޡާތައް ހިނގަމުން އަންނާތީއެވެ.

އެޤައުމުގައި މީގެ ކުރިންވެސް މިގޮތަށް ކަންތައް ކުރުމުގެ ނަތީޖާ އެއްގެ ގޮތުން، އަހަރު ދުވަހުގެ ޖަލު ޙުކުމާއި ކުރިމަތިލާން ޖެހި ބޮޑެތި ޖޫރިމަނާތައްވެސް ބައެއް މީހުން ދައްކަން ޖެހިފައި ވާއިރު، މިކަން ޤަވާއިދަކަށް ހެދުމުން މިކަމަށް ހައްލެއް ލިބިގެން ދާނެ ކަމަށް ގިނަ ބަޔަކު ގަބޫލު ކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ނީނާ

    މިރާއްޖޭގަވެސް ހަމަ ތިހެން ހަދަންވީ..މި ފުއްޕާފަ މަގުމަތީ އުޅޭ ޕާޓޭ ތަކަށްވެސް، ޑްރައިވަރުންނަށްވެސް..