ސައިންސްވެރިން މީދާ ތަކަށް ކުދި ކާރު ދުއްވަން ދަސްކޮށްދީފިއެވެ.

ޔުނިވާސިޓީ އޮފް ރިޗްމޮންޑްގެ ސައިންވެރިއެއް ކަމަށްވާ ކެލީ ލަމްބާޓް ބުނެފައިވަނީ މީދަލަކީ ހަމަ އިންސާނުންގެ ވިސްނުމާއި ގާތްކުރާ ވަރުގެ ވިސްނުމެއް ގެންގުޅޭ ޖަނަވާރެއް ކަމުގައެވެ. އަދި މީދާތަކަށް ކުދި ކާރު ދުއްވަން ދަސްކޮށްދިނުން ވެފައިވަނީ ވަރަށް ބޮޑަށް އުނދަގޫ ކަމެއް ކަމަށާއި އެހެން ނަމަވެސް މިހާރު އެކަން ވެފައިވާ ކަމަށެވެ.

މިކަމަށް ސައިންސްވެރިން ވަނީ ޕްލާސްޓިކް ޖަގެއް ބޭނުން ކޮށްގެން ކުޑަ ކާރެއް ތައްޔާރުކޮށްފައެވެ. އަދި އެ ކާރުގެ ހުންގާނެއްގެ ގޮތުގައި އެ ބޭފުޅުންވަނީ 2 ވައްތަރެއްގެ ނަރެއް ބޭނުންކޮށްފައެވެ. އޭގެ ސަބަބުން އެ މީދާއަށް އޭތި ބޭނުން ދިމާލަކަށް ދެވެނެއެވެ.

އަދި މީދަލަށް ދާންވީ ވަކި ދިމާލެއް ދައްކަން ވެގެން ވަކި ތަނެއްގައި މީދާތައް އެންމެ ގިނައިން ކައިއުޅޭ އެއްޗި ބަހައްޓާފައިވެއެވެ. މިގޮތަށް ކަންތައް ކުރުމުން މީދާތައް އެކާއެއްޗިއްސާ ދިމާލަށް މިސްރާބު ޖަހައެވެ. މިގޮތަށް ކައިރި ކައިރީގަ އާއި އުނދަގުލުން ދެވޭނެ ދުރު ހިސާބުތަކުގައިވެސް ކާ އެއްޗެހިވެސް ބަހައްޓާފައި ހުއްޓެވެ. ސައިންސްވެރިން ބުނެފައިވަނީ އެއީ ވަރަށް ކާމިޔާބު ކަމާއިއެކީ ވެފައިވާ ކަމެއް ކަމުގައެވެ.

ލަމްބާޓް ބުނެފައިވަނީ މީދާގެ އިތުރުން އެހެން ޖަނަވާރުތަކަށްވެސް އެގޮތަށް ޓެސްޓްތައް ހަދަން ވިސްނަމުން އަންނަ ކަމަށާއި އުނދަގުލުން ވާ ކަމެއް ކަމުގައިވިއަސް އެކަން ކުރެވޭނެ ކަމަށެވެ.