އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަންގެ ފަރާތުން ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާގެ ހަނދާންތައް އާކުރުމަށް ހާއްސަ ރެލީއެއް ބާއްވަން ނިންމައިފިއެވެ.

މި ރެލީ އޮންނާނީ ނޮވެމްބަރު ދެ ވަނަ ދުވަހުގެ ރޭގަނޑު 8.30 ގައި ކާނިވަލް ސަރަހައްދުގައެވެ. މި ރެލީ ބާއްވަން އުޅެނީ ބަޑި ބުރާސްފަތީގެ ނަމުގައެވެ.

މި ރެލީ އާއި ގުޅޭގޮތުން "ވަގުތު" އަށް މައުލޫމާތުދެއްވަމުން އިދިކޮޅު ކޯލިޝަނުގައި ހިމެނޭ ޕީޕަލްސް ނެޝަނަލް އެލައެންސްގެ ނައިބުރައީސް އަދި ރައްޔިތުން މަޖިލިހުގެ ބާރަށު ދާއިރާގެ ކުރީގެ މެންބަރު އިބްރާހީމް ޝުޖާޢު ވިދާޅުވީ، މިއީ ތިނެެއް ނޮބެމްބަރު 1988 ވަނަ އަހަރުގެ އުދުވާނީ ބައިވެރިވި ބާޣީންނާއި ދެކޮޅަށް ބާއްވާ ހަރަކާތެއް ކަމަށެވެ.

"މި ދުވަސް ފާހަގަކުރުމަކީ އަޅުގަނޑުމެން ގަބޫލުކުރާގޮތުގައި، މި ޕާޓީން އެކަނި މިކަން ކުރާ ބަޔަކަށް މި އޮތީ. ސަރުކާރުގެ މިހާރު ތިއްބެވި ބޭފުޅުންނަކަށް މިކަން ކުރާކަށް ކެރިވަޑައެއް ނުގަންނަވާނެ".ޝުޖާޢު ވިދާޅުވިއެވެ.

ޝުޖާޢު ވިދާޅުވީ، މިއީ ޝަހީދުވެގެން ދިޔަ އާއިލާތަކުގެ ހައްގުގައި އާއި ދިވެހި އެތައް ބައެއްގެ ގައިން ލޭ އޮހޮރުވާލި އުދުވާނީ ހަމަލާ ހިނގި ދުވަސް ފާަހަގަކުރަމަކީ އިދިކޮޅު ކޯލިޝަނުން ގަބޫލުކުރާގޮތުގައި ކުރަން ޖެހޭ ކަމެއް ކަމަށެވެ.

"އެހެންވެ އެގޮތުގެ މަތިން ބާއްވާ ހާއްސަ ރެލީއެއް މިއީ. މި ރެލީގައި އަޅުގަނޑުމެންގެ ގައުމިއްޔަތުގެ ވާހަކަތަކާއި މިހާރު މި ހިނގައިގެން އުޅޭ ދީނަށް ގޮން ޖަހާ ކަންތައްތައް ހުުރިގޮތާއި، ކަންބޮޑުވުންތައް، މި ވާހަކަތައް އަޅުގަނޑުމެން ފާހަގަކުރާނީ". ޝުޖާޢު ވިދާޅުވިއެވެ.

ޝުޖާޢު ވަނީ، މި ޖަލްސާގައި ބައިވެރިވުމަށް ޕާޓީއަށް ހެޔޮއެެދޭ ފަރާތްތަކުންނާއި، ދިވެހި ދީނާއި ގައުމިއްޔަތު ދެކެ ލޯބިވާ ހުރިހާ ދިވެހި ރައްޔިތުންނަށް ވަނީ މި ރެލީގައި ބައިވެރިވުމަށް ހުޅުވާލާފައިވާކަމަށް ވިދާޅުވެފައެވެ.

މި ރެލީގައި އިދިކޮޅު ކޯލިޝަންގެ ވެރިންނާއި، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްވެސް ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ޝުޖާޢު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ހުސޭނުބޭ

    މި ސަރުކާރުން އެންމެ މޭކަރާ ދުވަހަކީ 3 ނޮވެމްބަރ

    57
    3
  2. އާމިނަ

    ސައިޒް ދައްކާލަންވާނެ ! ބަޔަކަށް އޮޅުނަސް މިޤައުމުގެ ރައްޔިތުން ބޭނުންވާނީ މާތްވެގެންވާ އިސްލާމްދީނުގެ ހިދާޔަތުގެ އަލީގައި އަބަދުގެ އަބަދަށް ވެސް ތިބުމަށް ކަން. ތާހިރު ވާހަކަދައްކައެއްނު މިޤައުމުގަ ހަމަޖެހިލައިގެން ތިބެން ކޮންބައެއްތަ ބޭނުންނުވީ؟ ވެރިކަމާ ހެދި މުޅި ޤައުމު ފިތުނަކޮށް ބައިބައި ކޮށް ނޭވައަކު ދެކޮޅު މުޒާހަރާތައް ކުރި އިރު، ޓްއަރިޒަމް ބޮއިކޮޓް ކުރަން ގޮވާ ތެޅިބޭލި ކޮންބައެއްކަން ނޭނގޭ ތޯ؟ ހަމަ ތިމާމެންނަށް ވެރިކަން ލިބުނީމަ ޤައުމަށާއި ދީނަށް ހިތުހުރި އެއްޗެއްކިޔާ އިރުވެސް ތިބޭށޭތަ ތިބުނަނީ. ރައްޔިތުން ލޮލުގައި އިތުރަށް އަދުން އަޅުވަން ނަހައްދަވާ ! ދިވެހިންގެ ދީނަކީ މާތްވެގެންވާ އިސްލާމްދީން. އެހެން ދީންތައް އޮންނަ ތަންތަނަށް ފެއްސިގެން ދާންވީ އެގޮތަށް އުޅެން ބޭނުން މީހުން.

    16
    1
  3. Anonymous

    ދިވެހިންގެ ގާތިލުން ވެރިކަމުގައި މިތިބީ.

    20
    1
  4. މަޒް

    އިދިކޮޅޭ ބުނާ އިރު ހީވަނީ ވަރަށް ބައިވަރު ބައެއްގެ ވާހަކަ ދައްކާހެން... ދޮރުން ބޯދިއްކޮއް އީސީ ޝަރީފަށް ގޮވީމާ ނިމުނީ

    3
    20
  5. ﷲއަށްބިރުވެތިވޭ އެމްޑީއެން އުވާލާ ގައުމު ކުރިއަށް

    ސައިތޯނާގެ ބައިގަނޑު ގިނަވިއަސް އިދިކޮޅުގައި ﷲހުގެމަގުގައި ސާބިތުކަންމަތީ ތިބެގެން ކުރިއަށްދޭ މީހުންމަދުވުމަކީ މާޔޫސްވެގެންދާންޖެހޭ ކަމެއްނޫން ކާމިޔާބަކީ ﷲދެއްވާއެއްޗެ

    18
  6. ޒޫ

    ދީނުގެ ނަމުގަ ރައްޔިތުން ގުބޯ ހައްދަން އުޅޭނެ ކަމެއް ނެތް ޕިންކް ބައިގަޑު.. އަހަރެމެން ތި އެއްވެސް ސިޔާސީ ޕާޓީއަކަށް ތާއީދެއް ނުކުރަން ! ހަމަ އެހެންމެ އެމްޑީއެންއާ ދެކޮޅު...

  7. ސިއްކަ

    މަށޭ އެއުދުވާނީ ހަމާލާއަށް ފަންޑުކުރީ