އިނގިރޭސިވިލާތުގައި މަސްތުގެ ހާލަތުގައި ހުރެ މީހެއްގެ ކަންފަތް ކާލި ފިރިހެނަކު 8 އަހަރު ދުވަހަށް ޖަލަށް ލާން ހުކުމް ކޮށްފިއެވެ.

މި ހާދިސާ ހިނގާފައި ވަނީ މި އަހަރުގެ ފެބްރުއަރީ މަހު އުމުރުން 40 އަހަރުގެ މީހެއް އޭނާގެ ގޭތެރޭގައި ހުއްޓައި ބްރޭޑް ޓޮޕް އާއި އެކު އެހެން މީހަކު ގަދަކަމުން ގެއަށް ވަދެގަތުމަށް ފަހުގައެވެ.

28 އަހަރުގެ ބްރޭޑްލީ ވަނީ އެ މީހާ އަށް އަނިޔާ ކުރުމަށް ފަހު އޭނާގެ ކަންފަތް ކާލާފައެވެ. މިއާއިއެކު އެ މީހާ ލެއިން ތަތްތެޅުނު އިރު، އެ މީހާ ފުރާނަ އާއި ހަނގުރާމަ ކުރަމުން ދިޔައީ އައިސީޔޫގައި އޮވެގެންނެވެ.

ޖަލު ހުކުމް އިއްވާފައިވާ ބްރޭޑްލީ

4 ދުވަސް ވަންދެން އައިސީޔޫގައި އޮވުމަށް ފަހު އެންމެ ފަހުން އޭނާ ހޭ ޖެހުނު އިރު އޭނާގެ އެ ކަންފަތަށް މިހާރު އަޑެއްވެސް ނީވެއެވެ. އަދި ރޭގަނޑު އޭނާ އަށް ނުނިދޭ ކަމަށްވެސް މީޑީއާ ރިޕޯޓްތައް ވަނީ ބުނެފައެވެ.

މީހެއްގެ ނަފްސަށް ގަސްތުގައި ގެއްލުން ދިން ކަމުގެ ކުށް ބްރޭޑްލީގެ މައްޗައް ސާބިތުވެ 8 އަހަރު ޖަލުގައި ހޭދަ ކުރަން ޖެހިފައި ވާއިރު، ދެން މި ކުށުގައި ބައިވެރިވި މީހާ ވަނީ ހުކުމް އިއްވުމުގެ ކުރިން މަރުވެފައެވެ.

ބްރޭޑްލީ އެ މީހާ އަށް ހަމަލާ ދީފައި ވަނީ މަސްތުގެ ހާލަތުގައި ހުރެ ކުރާނެ ކަމެއް ނޭނގިގެން އުޅެނިކޮށެވެ.