އިންގްލޭންޑުގެ ދެކުނު އައްސޭރީގެ ސަރަޙައްދެއްގެ މަތިން އުފެދިފައިވާ ވިލާގަނޑެއްގެ ތެރެއިން އިންސާނެއްގެ "މޫނެއް" ސިފަވުމުން ގިނަ ބަޔަކަށް ހައިރާންކަން ލިބިއްޖެއެވެ.

އިއްޔެގެ ވަގުތެއްގައި ހެމްޝަޔަރގެ އުޑުމަތިން ސިފަވި މި "މޫނު"ގައި ދެ ލޮލާއި ނޭފަތެއްގެ އިތުރުން އަނގަވެސް ފެންނާން ހުރިއިރު، އެތައް ސަތޭކަ ބަޔަކު ވަނީ މި މަންޒަރު ބަލާފައެވެ. އަދި އެވަގުތު ގިނަ ބަޔަކު ފޮޓޯ އާއި ވީޑިއޯ ނަގާފައި، މިހާރު މީސްމީޑިއާގައި އެމަންޒަރު ޢާންމުކުރަމުން ދާތީ ދުނިޔޭގެ އެކި ކަންކޮޅުތަކުންވެސް ގިނަ ބައެއްގެ ސަމާލުކަން މި ހާދިސާއަށް ވަނީ ލިބިގެން ގޮސްފައެވެ.

މި މަންޒަރު ދުށް ފަރާތްތަކުން ބުނެފައިވާގޮތުގައި، "ތިރިޔަށް ބަލައިގެން ހުރި މީހެއްގެ މޫނު" އެ ވިލާގަނޑުތައް ހުރިގޮތުން ސިފަވެގެން ގޮސްފައިވާއިރު، އެ މަންޒަރު ހަތް ވަރަކަށް މިނެޓަށް ފެންނާން ހުއްޓެވެ. ނަމަވެސް މިކަމުގައި އެއްވެސް އާދަޔާއި ޚިލާފު ކަމެއް ހިނގާފައި ނުވާކަމަށާއި، އެއީ އިއްތިފާޤެއް ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ. މިފަދަ މަންޒަރުތައް މީގެ ކުރިންވެސް ވިލާގަނޑުތަކުން ސިފަވެފައި ވެއެވެ.

ހެމްޝަޔަރގެ އުޑުމަތިން ސިފަވި ކަމަށް ބުނާ "މޫނު"
ހެމްޝަޔަރގެ އުޑުމަތިން ސިފަވި ކަމަށް ބުނާ "މޫނު"

އިންގްލޭންޑުގެ އަވަށެއްގެ މަތިން އިންސާނެއްގެ މޫނެއް ސިފަވެ ގިނަ ބައެއްގެ ސަމާލުކަން އެކަމަށް ލިބިގެންދިޔައިރު، ބެއިޖިންގ ގެ އަވަށަކުންވެސް މިދިޔަ ހަފްތާގެ ތެރޭގައި ވަނީ މިފަދަ މަންޒަރެއް ފެނިގެން ގޮސްފައެވެ. ރޭގަނޑުގެ ވަގުތުގައި އުޑުމަތިން ފެނުނު ވިލާގަނޑެއްގައި ތަފާތު އައްޔެއް ހުރެގެން ގިނަ ބައެއްގެ ސަމާލުކަން ލިބުނު އެ ހާދިސާގެ މާބޮޑު ހަޤީޤަތެއް އަދި އެނގިފައެއް ނުވެއެވެ.

ހަމަ އެހެންމެ، އިންޑިއާގެ ދެކުނުގައި އޮންނަ ކަރްނަޓުކާ ސްޓޭޓުގެ ވެރިކަންކުރާ ސިޓީ، ބެންގަލޫރުގެ މަތިން ނެގި ވިލާގަނޑެއްގެ ތެރެއިން ބިޔަ އަލިފާންގަނޑެއް ސިފަވެގެން ގިނަ ބައެއްގެ ހިތަށް ބިރުވެރިކަން ވެރިވި ހާދިސާއެއްވެސް ދާދިފަހުން ހިނގާފައި ވެއެވެ. މި މަންޒަރު އެ ސަރަޙައްދުގެ އުޑުމަތިން ސިފަވީ، އެޤައުމުގެ ގިނަ ބަޔަކު އެއްޖިންސުން މަސްހުނިވެ ފާޙިޝް ޢަމަލުތަކުގައި މަސްއޫލުވެ ތިއްބައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޣަބްދުﷲ

    ﷲ އަށް އީމާން ވާ މީހުން ނާއި އީމާން ނުވާ މީހުންނަށް ވެސް ﷲ ގެ ކުޅަދުންވަންތަކަން ފެންނާނެއެވެ، ވިސްނާ ފިކުރު ކުރާ ބަޔަކަށް އެކަމުގައި ހެކިތަކެއްވާކަން ކަށަވަރެވެ. ކޮންމެ ބަޔަކަށް މެ
    ފުރުޞަތު އެބައޮތެވެ، އީމާން ވާންވީއެވެ

    17
  2. Anonymous

    ﷲ ޞުބްޙާނަހޫ ވަތައާލާ ގެ ކުޅަދުންވަންތަވެރިކަން.