ޖައްވާއި ޖައްވުގައި ހިމެނޭ ގުރަހަތަކާއި އެނޫންވެސް ބައިތައް ދިރާސާކުރުމަށް އެމެރިކާގެ ޖައްވީ އިދާރާ، ނާސާ އިން ދަނީ ބުރަ މަސައްކަތްތަކަކާއި ބޮޑެތި ޚަރަދުތަކެއް ކުރަމުންނެވެ. މި ބޭނުމަށްޓަކައި އެތައް ޚަރަދެއްކޮށް، އެތައް އާލާތްތަކެއްވެސް އެފަރާތުންވަނީ ޖައްވަށް ފޮނުވާފައެވެ. ބައެއް ފަހަރު އޭގެ ނަތީޖާވެސް ވަރަށް ފޮންޏެވެ.
އެގޮތުން، ނާސާ އިން ޖުޕިޓަރ އަށް ފޮނުވާފައިވާ ޖޫނޯ ޕްރޯބް އިން، މިދިޔަ ހަފްތާގެ ބުދަ ދުވަހު ވަނީ ވަރުގަދަ ފޮޓޯތަކެއ ނަގާ، ދުނިޔެއަށް ފޯރުކޮށްދީފައެވެ. ޖުޕިޓަރގެ ގޭސްތައްކަމަށް ބެލެވޭ އެއްޗެހީގެ ވަރުގަދަ ފޮޓޯތަކެއް، ޖޫނޯވަނީ ދޫކޮށްލާފައެވެ.
ޖައްވީ ކަންތައްތަކާ ބެހޭ މައުލޫމާތާއި ޚަބަރު ގެނެސްދޭ ފަރާތްތަކުން ބުނެފައިވާގޮތުގައި، ފެބުރުވަރީ ހަތްވަނަ ދުވަހު، ޖޫނޯވަނީ ޖުޕިޓަރގެ ވަށައިގެން އެނބުރޭ އެނބުރުމުގެ އެގާރަވަނަ ކްލޯޒް ޕާސް ނިންމާލާފައެވެ.
ތިފޮޓޯތަކަކީ އެމީހުން އެނިމޭޓްކޮއްފަހުރި އެއްޗެހި ދުނިޔެއައް އޮޅުވާލަން ވެގެން
ޔަޤީންދޯ ބަކުރުބެޔަށް! އެހެންވިއްޔާ އެއީ ބުރިޖު ސަރަހައްދަށް ނަގާ ރާޅުގަނޑު ގެ ކުލަ ބަދަލުކޮށްފައި!
ބަކުރުބެ ތިބުނީ ހަމަ ރަގަޅަށް ތީ ހަމަ ފޭކު
ބަކުރުބެއަށް ވިސްނޭ! ބަކުރުބެހެން ވިސްނާ އުޅުން ބައްޓަން ކޮށްބަލަ
ބަކުރު ބެއަށް ތާއީދު
ދިވެހިން އަދިވެސް އުޅެނީ 1940ގައި އައިފޯން ގެންނުޅެވޭ އެކަމަކު ސިކުންޑި 1940ގައި