ބޮލީވުޑްގެ އެންެމެ ލޯބި ދެ ޖޯޑަކީ ދީޕިކާ ޕަދުކޯން އާއި ރަންވީރު ސިންގެވެ. ދެ ތަރިންގެ ލޯބީގެ ގުޅުމުން މިސާލު ނަގާ ވަރުވެސް ވެއެވެ. މި ދެ ތަރިން ހެދުން އަޅާ ގޮތާއި، ދެ ތަރިން އެކަކު އަނެކަކަށް ލޯބީގެ ގޮތުން މުހާތަބު ކުރާ ގޮތުގެ ވާހަކަ އަބަދުވެސް މީޑިއާގެ ސަމާލުކަން ލިބެއެވެ.

ނޮވެމްބަރު 14 ވަނަ ދުވަހު މި ދެ ތަރިންގެ ކައިވެންޏަށް އަހަރެއް ވާނެއެވެ. މި ދެތަރިން ލޯބީގެ ގިނަ ވާހަކަތައް މިޑީއާއަށް ތިލަވާއިރު، ދާދި ފަހުން ރަންވީރު ދައްކާފައިވާ ވާހަކައަކަށް ބަލާލަމާ ހިނގާށެވެ.

އެގޮތުން ރަންވީރު ބުނީ، އޭނާއަކީ ވަރަށް ސީރިއަސް މީހެއް ކަމަށެެވެ. އަދި ދިޕިކާއަށްވެސް އޭނާގެ ސީރިއަސް ސައިޑްގެ ކަންކަން އިނގޭނެ ކަމަށް ރަންވީރު ބުންޏެވެ.

އަދި ރަންވީރު، ދިޕިކާއަށް އޭނާގެ ސީރިއަސް ސައިޑް ފޮރުވާތީ އެެކަމާއި ދިޕިކާ ސުވާލު ކުރާ ކަމަށް ރަންވީރު ބުނާއިރު، އެއަށް ދޭނެ ޖަވާބެއް ނެތް ކަމަށް ރަންވީރު ބުނެފައި ވާކަމަށް އިންޑިއާ ޓައިމްސްގައި ވެެެއެވެ.

އޭނާ މިހާރުވެސް ދަނީ ބައެއް ފިލްމްތަކުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން އެންމެ އަވަހަށް އޭނާ ފެނިގެން ދާނެ ކަމަށް ބުނެފައި ވަނީ އިންޑިއަން ކްރިކެޓް ކުޅުންތެރިޔާ ކަޕިލް ޑެވްގެ ބަޔޮޕިކް އިންނެވެ.