މިއީ ޓެކްނޮލެޖީގެ ޒަމާނެވެ. ހުރިހާ ކަމެއްވެސް ސްމާޓު ފޯނާއި ލެޕްޓޮޕްގެ ޒަރިއްޔާ އިން ކުރަމުން އަންނައިރު ކޮންމެ މީހެއްގެ ހަޔާތުގައިވެސް އެންމެ ގާތްް އެއް އެކުވެރިޔާ އަށް ވެފައި ވަނީ މީސް މީޑިއާއެވެ. މީސް މީޑިއާގެ ޒަރިއްޔާ ތަކުގެ ތެރެއިންވެސް ފޭސްބުކު ފާހަގަކޮށްލެވެއެވެ.
ރާއްޖޭގައި މިހާރު ކޮންމެ މީހެއްގެ އަތުގައިހެން ފޭސްބުކު އައިޑީ އެއް އޮންނައިރު، އެފްބީ އަށް ވަދެނުލާ ދުވަސް ފުރިހަމަ ނުވާ މީހުންވެސް އަހަރެމެންގެ ތެރޭގައި އުޅެއެވެ. ރީތި ފޮޓޯތަކާއި ޝެއާ ކުރާ ޕޯސްޓުތަކަށް އެންމެންވެސް ގިނަ ރިއޭކްޓުތައް ލިބެން ބޭނުންވެއެވެ.
ފެބްރުއަރީ 24، 2016ގައި އެފްބީ އިން ވަނީ ލައިކް ދެވުމުގެ އިތުރުން އެހެން ބައިވަރު ރިއޭކުޓުތައްވެސް ކުރެވޭ ގޮތަށް ހަދާފައެެވެ. މިކަން ވަރަށް ގިނަ ބަޔަކަށް ކަމުދިޔައެވެ. އަދި މިހާރު އެފްބީގައި ފެންނަ ޕޯސްޓުތަކަށް ލައިކު ދެނީ ވަރަށްވެސް މަދު މީހުންނެވެ.
ނަމަވެސް، އަދިވެސް ރިއޭކުޓައް ކުރުމުގެ ބަދަލުގައި ނޫ ކުލައިގައި އިންނަ ލައިކް ބަޓަނަށް ފިތާ މީހުން އުޅެއެވެ. މިހެން ކަންތައް ނުކުރުމަށް ނަސޭހަތްތެރިވަމެވެ. އެއީ މިހާރު މިގޮތަށް ލައިކު ދޭތީ ގިނަ މީހުން އެކަމާއި ވަރަށް ބޮޑަށް ނުރުހުން ވާތީއެވެ.
ގިނަ މީހުންގެ ޕޯސްޓުތަކަށް މިހާރު ގިނައިން ލިބޭނީ ހުސް ރިއޭކްޓުތަކެވެ. ލައިކު ދޭ މީހުން ވަރަށްވެސް މަދެވެ. ވާނީވެސް އެހެންތާއެވެ. ލައިކު ދޭ މީހުން މިހާރު ފޭސްބުކުން އަންފްރެންޑު ކޮށް، ބްލޮކުވެސް ކުރަން ފަށައިފިއެވެ. ތިރީގައި އެވަނީ ދާދި ފަހުން ދިވެހި ޒުވާން އަންހެން ކުއްޖަކު ޕޯސްޓު ކޮށްފައިވާ ފޮޓޯއެެކެވެ.
ލައިކް ދީގެން އަންފްރެންޑު ކުރުން މިހާރު އާއްމު ވަމުން އަންނައިރު، މިކަމަށް ސަމާލުވުން މުހިއްމެވެ. ނޭނގި ނަމަވެސް މީހެއްގެ ޕޯސްޓަކަށް ލައިކް އެއް ދެވިގެން ދެން ބަލާއިރު އަންފްރެންޑު ކޮށްފައި ނުވަތަަ ބްލޮކު ކޮށްފައިވެސް އިނދެދާނެއެވެ.
ސިޔާސީ ވެގެންވެސް އަންފްރެންޑް ކުރާ މީހުން އުޅޭ.
ޖޭ ވެގެން ވެސް.
ލޮލް. ?
ޢައި ރިއަލީ ޑޯންޓް ކެއަރ.
މަ ފިރިމީހާވެސް މަ ބުލޮކް ކޮއްފައި. އޮޅިގެން ފޮޓޯއަކަށް ލައިކެއްދެވިގެން . ދެމީހުން އެއްކޮއް ހުރި ޕިކްތައްވެސް ރިމޫވް ކޮއްފައި. ދެތިން މަހެއްވެއްޖެ މިހާރު..
ލޮލް
މީގެ ކުރިން އަންހެން ކުދިން ބޭނުންވަނީ ގިނަ ލައިކްސް މިހާރު ކިހިނެއްވެގެން އެއުޅެނީ. މިވަރުން ދަންޏާ އެވެރިން ދެން ބޭނުންވާނީ ފައިސާ ޓްރާންސްފާރ ވާ ބަޓަނެއް ފޭސްބުކްގަ އިންނަން
ބައިންދަން ބޭނުން ނޫވީމާ ހަމަ ބޭރޫކޮއްލަންޥީ ކޮބާމައްސަލައަކީ؟
ތިކަން ވަރައް ކައިރިން ބަލަން ލޫކަސްއާ ހަވާލުކޮއްފިން.
ލައިކް ނުވޭތަ ރިއެކްޓަކަށް